36 އެކަމަކު އަހަރެން ކުރިން ވެސް ބުނިހެން ކަލޭމެންނަށް އަހަރެން ފެނިއްޖެ. ނަމަވެސް ކަލޭމެން އަދިވެސް ގަބޫލެއް ނުކުރޭ.
ދެން އިބްރާހީމްގެފާނު ވިދާޅުވިއޭ. ’އެމީހުން މޫސާގެފާނާއި އަދި ނަބީބޭކަލުން ވިދާޅުވި ބަސްފުޅުތަކުގެ އަޑުނާހާ އުޅޭ ނަމަ މަރުވެފައިވާ މީހަކު އަލުން ދިރިގެން ދިޔަސް އެމީހުންގެ ހިތާއި އުޅުމެއް ބަދަލެއް ނުކުރާނެއޭ.‘“
އީސާގެފާނު ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެތައް ބަޔަކުމެ ދުއްޓެވެ. ނަމަވެސް އެމީހުން އެކަލޭގެފާނަށް އީމާންވުމަށް އިންކާރުކޮށް ދެކޮޅު ހެދިއެވެ.
މި ދުނިޔޭގައި އެކަކަށް ވެސް ދެއްކިފައިނުވާވަރުގެ މާނަ ފުން މުޢުޖިޒާތްތަކެއް އަހަރެން ދައްކާފައި ނުވާނަމަ އެމީހުން ކުށްވެރިއެއް ނުކުރެވުނީސް. ނަމަވެސް އަހަރެން ކޮށްދިން ހުރިހާ ކަމެއް ދުށުމަށް ފަހު ވެސް އެމީހުން އަހަރެންނާއި އަދި އަހަރެންގެ ބައްޕާފުޅަށް ވެސް ނަފްރަތުކޮށް ރުޅިއާދޭ.
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ތެދަށް ބުނަން، ކަލޭމެން އަހަރެން ތިޔަ ހޯދަނީ އަހަރެން ދެއްކި މުޢުޖިޒާތުގެ މާނަ އެނގި ވިސްނިގެންނެއް ނޫން. ކަލޭމެން އަހަރެން ތިޔަ ހޯދަނީ ކަލޭމެން ކާނެވަރަކަށް ކާންލިބުމުގެ ސަބަބުން.
މިހެން އީސާގެފާނު ވިދާޅުވުމުން އެމީހުން ބުންޏެވެ. ”ކަލޭގެފާނު ދެން ދައްކަވާނީ ކޮން މުޢުޖިޒާތެއްތޯ؟ އޭރަކުން ކަލޭގެފާނު ތިއީ މާތްރަސްކަލާނގެ ފޮނުއްވި ޚާއްސަ ފަރާތްކަން އަޅުގަނޑުމެން ގަބޫލު ކޮށްފާނަން.
އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ދެއްވާ އެންމެން އަހަރެންގެ ގާތަށް އަންނާނެ. އަހަރެންގެ ގާތަށް އައި އެއްވެސް މީހަކު އަހަރެން އަނބުރާ ފޮނުވައެއް ނުލާނަން.
އަހަރެންގެ ބައްޕާފުޅުގެ އެދިވޮޑިގަތުމަކީ ދަރިކަލުން ދެކެ، ގަބޫލުކޮށް އީމާންވީ ކޮންމެ މީހަކަށް ނިމުންނުވާ ޙަޔާތް ދެއްވުން. އަދި އެންމެ ފަހު ދުވަހު އަހަރެން އެމީހުން އަލުން ދިރުއްވާނަން.“
އެކަމަކު ކަލޭމެންގެ ތެރެއިން ބައެއް މީހުން އަހަރެން ގަބޫލު ނުކުރާކަން އަހަރެންނަށް އެނގޭ.“ އެއީ އީސާގެފާނަށް ފުރަތަމައިނުން ވެސް އެކަލޭގެފާނު ގަބޫލު ނުކުރާނީ ކާކުކަމާއި އަދި އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނީ ކާކުކަން އެނގިވަޑައިގެންވިއެވެ.