Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 6:35 - ކިތާބުލް މުޤައްދަސާ

35 ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ދިރުންދޭ ކާނާއަކީ އަހަރެން. އަހަރެންގެ ގާތަށް އަތުވެއްޖެ އެއްވެސް މީހަކު ބަނޑުހައެއް ނުވާނެ. އަދި އަހަރެން ގަބޫލުކޮށް އީމާންވި މީހަކު ދުވަހަކު ވެސް ފެންބޮވައެއް ނުގަންނާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 6:35
17 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންގެ ތެރެއިން ބުރަ އުފުލައި ވަރުބަލިވެފައިވާ މީހެއް ވާނަމަ އަހަރެންގެ ކައިރިއަށް އާދޭ. އަހަރެން އެފަދަ މީހަކަށް އަރާމު ދޭނަން.


ކަލޭމެންގެ ތެރެއިން ރަނގަޅަށް ކާން ލިބި ބަނޑުފުރިފައިވާ މީހުންނަށް ހިތާމަ ހުރި. އެއީ އެމީހުން ވާނީ ބަނޑުހައި ހޫނުކަން މަތީގަ. އަދި މިއަދު ހީ އުފާކުރާ މީހުންގެ މައްޗަށް ހިތާމަ ހުރި. އެއީ ފަހުން އެމީހުން ހިތާމަކޮށް ކަރުނަ އަޅަން ޖެހޭނެތީ.


އެ އަންހެންމީހާ އީސާގެފާނަށް ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑަށް ވެސް ތިޔަ ވިދާޅުވި ފެނުން ފެންފޮދެއް ދެއްވާ. އޭރުން އަޅުގަނޑު ވެސް އަލަކުން ފެން ބޮވައެއް ނުގަންނާނެ. އަދި އޭރުން ކޮންމެ ދުވަހަކު ފެން ބަލާ މިވަޅު ދޮށަށް އަންނާކަށް ވެސް ނުޖެހޭނެ.⁠“


ނަމަވެސް އެ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އަހަރެންގެ ބަސްތައް ގަބޫލު ކުރުމަށް ކަލޭމެން އެބަ އިންކާރުކުރޭ.


އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ދެއްވާ އެންމެން އަހަރެންގެ ގާތަށް އަންނާނެ. އަހަރެންގެ ގާތަށް އައި އެއްވެސް މީހަކު އަހަރެން އަނބުރާ ފޮނުވައެއް ނުލާނަން.


ބަނީއިސްރާއީލު މީހުން އީސާގެފާނާއި މެދު ޝަކުވާ ކުރަން ފެށިއެވެ. އެއީ ”⁠ތިމަންކަލޭގެފާނަކީ ސުވަރުގޭން ފޮނުއްވި ކާނާ⁠“ އޭ އެކަލޭގެފާނު ވިދާޅުވީތީއެވެ.


އަދި އީސާގެފާނު ވިދާޅުވިއެވެ. ”⁠ކުރިން ވެސް އަހަރެން ބުނި ފަދައިން، ބައްޕާފުޅު ގެނެސްދެއްވި މީހަކު ފިޔަވާ އެހެން އެއްވެސް މީހަކަށް އަހަރެންގެ ގާތަކަށް ނާދެވޭނެ.⁠“


މާތްރަސްކަލާނގެ މާތްރޫޙުފުޅާއި އަދި އަލަތު އަނބިމީހާ ވިދާޅުވިއެވެ. ”⁠އާދޭ!⁠“ މިތަކެތި އަޑުއިވިގެންވާ ހުރިހާ އެންމެން ވެސް ކިޔާށެވެ. ”⁠އާދޭ!⁠“ ކަރު ހިއްކައިގަނެފައި ވާނަމަ ތިބާ އަންނާށެވެ. ޙަޔާތް ލިބިދޭ ފެނަށް އެދިގެންވާ ކޮންމެ ފަރާތަކުން އައިސް އެ ފެން ހޯދާށެވެ. އެ ފެނަކީ ހިލޭ ލިބިދޭނެ އެއްޗެއްމެއެވެ!


އިތުރަށް އެބައިމީހުން ހައިހޫނުކަމުގައި ނުވާނެ. ނުވަތަ ކަރުހިއްކުމެއް ނުވަތަ އިރުގެ ހޫނުކަމެއް ނުވަތަ އެހެން ހޫނު ކަމަކުން އެބައިމީހުން އަނދައިގެން ނުދާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ