34 އެމީހުން ބުންޏެވެ. ”ސާހިބާ! އެހެންވިއްޔާ އެކާނާ އަބަދުވެސް އަޅުގަނޑުމެންނަށް ދެއްވާ.“
އެ އަންހެންމީހާ އީސާގެފާނަށް ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑަށް ވެސް ތިޔަ ވިދާޅުވި ފެނުން ފެންފޮދެއް ދެއްވާ. އޭރުން އަޅުގަނޑު ވެސް އަލަކުން ފެން ބޮވައެއް ނުގަންނާނެ. އަދި އޭރުން ކޮންމެ ދުވަހަކު ފެން ބަލާ މިވަޅު ދޮށަށް އަންނާކަށް ވެސް ނުޖެހޭނެ.“
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ތެދަށް ބުނަން، ކަލޭމެން އަހަރެން ތިޔަ ހޯދަނީ އަހަރެން ދެއްކި މުޢުޖިޒާތުގެ މާނަ އެނގި ވިސްނިގެންނެއް ނޫން. ކަލޭމެން އަހަރެން ތިޔަ ހޯދަނީ ކަލޭމެން ކާނެވަރަކަށް ކާންލިބުމުގެ ސަބަބުން.