Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 6:31 - ކިތާބުލް މުޤައްދަސާ

31 އަޅުގަނޑުމެންގެ ކާބަފައިން ހަނަފަސް ސަހަރާގެ ތެރޭގައި މަންނާ ކައިހެދި. އެއީ ހަމަ ލިޔެވިގެންވީ ފަދައިން. ލިޔެވިގެން ވަނީ، ’⁠އެމީހުންނަށް މާތްރަސްކަލާނގެ ސުވަރުގެއިން ކާނާ ފޮނުއްވެވިއޭ⁠‘ މިހެން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 6:31
14 ပူးပေါင်းရင်းမြစ်များ  

ބަނީ އިސްރާއީލީން ސާޅީސް އަހަރުފަހުން އެމީހުންގެ ބިމަށް އައިސް ވަޒަންވެރި ވަންދެން ކައިއުޅުނީ މަންނާ އެވެ. އެމީހުން ކަންޢާނުގެ ސަރަހައްދާ ހަމަޔަށް އާދެވެންދެން އެ ކެއުން ކައި ހެދިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ބުނަންތަ؟ މޫސާގެފާނު މީސްތަކުންނަށް ދެއްވި ސުވަރުގޭގެ ކާނާއަކީ އެކަލޭގެފާނު އަމިއްލަފުޅަށް ދެއްވި އެއްޗެއް ނޫން. އަސްލު ސުވަރުގޭގެ ކާނާ ކަލޭމެންނަށް ދެއްވަނީ އަހަރެންގެ ބައްޕާފުޅު.


ކަލޭމެންގެ ކާބަފައިން ހަނަފަސް ސަހަރާގެ ތެރޭގައި ވީހިނދު މަންނާ ކައި އުޅުނު. އެކަމަކު އެ އެންމެން ވެސް މިހާރު ވަނީ މަރުވެފައި.


ސުވަރުގެއިން ފޮނުއްވާ އަސްލު ކާނާއަކީ އަހަރެން. މި ކާނާއަކީ ކަލޭމެންގެ ކާބަފައިން ކޭ މަންނާ ފަދަ ކާނާއެއް ނޫން. އެކާނާ ކޭ މީހުން ފަހުން މަރުވެ ދިޔައީ. އެކަމަކު އަހަރެން މިދޭ ކާނާ ކައިފި މީހަކު ދާއިމަށް ދިރިދެމި ހުންނާނެ.⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ