Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 6:3 - ކިތާބުލް މުޤައްދަސާ

3 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު އެތާނގައި ހުރި ކުޑަ ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގެން އިށީނދެވަޑައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 6:3
7 ပူးပေါင်းရင်းမြစ်များ  

އެންމެހައި މީސްތަކުން އެތަނުން ދިއުމުން އެކަލޭގެފާނު ދުޢާކުރެއްވުމަށް ޓަކައި ފަރުބަދަ މައްޗަށް ވަޑައިގަތެވެ. އޭރު އިރުއޮއްސި އަނދިރިވެއްޖެއެވެ. އަދި އެތަނުގައި އީސާގެފާނު ހުންނެވީ އެކަންޏެވެ.


އެތަން ދޫކުރެއްވުމަށް ފަހު އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށަށް ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގެން ފަރުބަދައިގެ މައްޗަށް އަރާވަޑައިގެން އެކަލޭގެފާނު އިށީނދެވަޑައިގެންފިއެވެ.


އީސާގެފާނަށް އެއްވެފައި ތިބި މީސްތަކުން ފެނިވަޑައިގެން އެކަލޭގެފާނު ފަރުބަދައިގެ މައްޗަށް އަރާވަޑައިގެންނެވުމަށް ފަހު އިށީނދެ ވަޑައިގަތެވެ. އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައެވެ.


އެއަށް ފަހު އެކަލޭގެފާނުގެ ބައެއް އަސްޙާބީންނަށް އެކަލޭގެފާނާއި އެކުގައި ފަރުބަދައިގެ މައްޗަށް އަރާވަޑައިގެންނެވުމަށް ވިދާޅުވިއެވެ. އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތެވެ.


މީގެ ގާތްގަނޑަކަށް އަށް ދުވަސް ފަހުން އީސާގެފާނު ޕަތަރަސްއާއި ޔާމިޒު އާއި ޔޫޙަންނާ ގޮވައިގެން ދުޢާ ކުރެއްވުމަށްޓަކައި އުސް ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގަތެވެ.


އެކަލޭގެފާނު ގަދަކަމުން އެމީހުންގެ ރަސްގެފާނު ކަމުގައި ހަދާނެ ކަން އީސާގެފާނަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު އެތަނުން ވަޑައިގަތެވެ. އަދި ގިނިކަންޏާ ފަރުބަދަތަކު ތެރެއަށް އެނބުރި ވަޑައިގެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ