Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 6:29 - ކިތާބުލް މުޤައްދަސާ

29 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންގެ ކިބައިން ކުރުމަށް އެދިވޮޑިގަންނަވާ ކަމަކީ އެކަލާނގެ ފޮނުއްވި ޚާއްސަ ފަރާތަށް އީމާންވުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 6:29
21 ပူးပေါင်းရင်းမြစ်များ  

ޕަތަރަސް ވާހަކަ ދައްކަމުން ގެންދިޔަ ހިނދު ކުއްލިއަކަށް އަލިކަންގަދަ ވިލާގަނޑަކުން އެ ބޭކަލުން ފަރުދާ ކުރެއްވިގެން ދިޔައެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން މިފަދައިން އަޑެއް އިވުނެވެ. ”⁠މިއީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ އަދި ތިމަންކަލާނގެ ރުހިވޮޑިގަންނަވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!⁠“


މިކަންތައްތަކާއިމެދުގައި އީމާންވެ ތައުބާގެ ހިނެވުމުން ހިނެވިގެންވީ ފަރާތްތަކަށް ދިންނެވުން ލިބިދޭނެ. އަދި މިކަންތައްތައް ގަބޫލު ނުކުރާ ފަރާތްތައް ކުށްވެރިވެގެން ދާނެއެވެ.


އަދި ދަރިކަލުންގެ ބަސްފުޅުތައް އަހައި އެކަލޭގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފައި. އަދި އެ ދަރިކަލުން ގަބޫލު ނުކޮށް އެކަލޭގެފާނަށް ކިޔަމަން ނުވި މީހަކަށް ނިމުންނުވާ ޙަޔާތެއް ނުލިބޭނެ. އެމީހަކަށް ވަނީ މާތްރަސްކަލާނގެ ކޯފާ ލެއްވިފައި.⁠“


ކަލޭމެން މާތްރަސްކަލާނގެ މުޤައްދަސް ފަތްފުށްތައް ކިޔަވާ އެފޮތްތައް ދަސްކޮށް ހަދާ! ކަލޭމެން އެފޮތްތައް ކިޔަވަނީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެދި. އެކަމަކު އެފޮތްތަކުގައި ލިޔެވިގެން ވަނީ ހަމަ އަހަރެންނާ ބޭހޭގޮތުން.


ދެން އެމީހުން އީސާގެފާނު ކުރެން ސުވާލު ކުރިއެވެ. ”⁠އަހަރެމެން ކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގެންވާ ކަންތަކަކީ ކޮބައިތޯ؟⁠“


އެއީ އަހަރެން ސުވަރުގެއިން އައިސް މިހިރީ އަހަރެންގެ އަމިއްލަ އެދުމަށް ކަންތައް ކުރާކަށް ނޫން. ނަމަވެސް އަހަރެން ފޮނުއްވި ފަރާތުގެ އެދުމާއި އެއްގޮތަށް ކަންތައް ކުރަން.


އަހަރެން ދިރި މިހިރީ އަހަރެން ފޮނުއްވި ދިރި ވޮޑިގެންވާ ބައްޕާފުޅުގެ ބާރުފުޅުން. ހަމަ އެފަދައިން އަހަރެންގެ ހަށިގަނޑު ކައިފި ކޮންމެ މީހަކު ވެސް އަހަރެންގެ ސަބަބުން ދިރިހުންނާނެ.


”⁠މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވޭ. އޭރުން ކަލެއަށް ދިންނެވުން ލިބޭނެ. އަދި ކަލޭގެ އާއިލާގެ އެންމެންނާ ކަލޭގެ ގޭގައިވާ އެންމެން ވެސް މިހެން ކަން ކުރުމުން އެމީހުންނާ ދޭތެރޭ ވެސް ހަމަ އެފަދައިން ކަންތައް ވާނެ.⁠“


މާތްރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ކިބަފުޅަށް ތަކުރާރުކޮށް އަހަރެމެން ދުޢާ ދަންނަވާއިރު ތިޔަބައިމީހުންގެ އީމާންތެރިކަން އަމަލީ ގޮތުން ދައްކައި ދިން ގޮތުގެ ވާހަކަ އަހަރެމެން ހިމަނާނަމެވެ. އަދި ތިޔަބައިމީހުން އެހާ ބުރަމަސައްކަތެއް ކުރީ ތިޔަބައިމީހުންގެ ހިތުގައިވާ މަތިވެރި ލޯބިން ކަން ވެސް ދަންނަވާނަމެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި މާތްސާހިބާ އީސާ އަލްމަސީޙާ މެދު އޮތް ވަރުގަދަ އުންމީދުގެ ވާހަކަވެސް އެކުލަވާނަމެވެ.


މިގޮތުގެ މަތިން އެކަލޭގެފާނު ފުރިހަމަވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ކިޔަމަންތެރިވާ އެންމެހާ މީސްތަކުންނަށް ދާއިމީ ދިންނެވުން ދެއްވުމުގެ ވަސީލަތަކީ އެކަލޭގެފާނު ކަމުގައި ހަމަޖެހިގެން ދިޔައެވެ.


އެހެންވީމާ އިބްރާހީމްގެފާނުގެ ޞާލިޙު އަމަލުފުޅާއި އެއްފަދައިން އެކަލޭގެފާނުގެ އީމާންތެރިކަން މަސައްކަތް ކުރެއްވިގޮތް ތިބާއަށް އެނގިގެންވޭ. އެކަލޭގެފާނުގެ އަމަލުފުޅުތަކުން އެކަލޭގެފާނުގެ އީމާންތެރިކަމުގެ ފުރިހަމަކަން ސާބިތުކޮށްދެއްވި.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ އީސާ އަލްމަސީޙަކީ އެކަލާނގެ ދަރިކަލުން ކަމަށް އަހަރެމެން އީމާން ވުމަށެވެ. އަދި އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތިކޮށް ހިތުމަށެވެ. މިއީ މާތްރަސްކަލާނގެ އަހަރެމެންނަށް އަމުރުފުޅު ކުރައްވާފައިވާ ކަންތަކެވެ.


އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ.


ނަސްރު ހޯދާ އަދި ދުނިޔެ ނިމުމާއި ހަމައަށް އަހަރެންނާއިމެދު ކިޔަމަންތެރި ކަމުގައިވާ މީހުންނަށް އަހަރެން ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް ބާރު ދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ