Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 6:28 - ކިތާބުލް މުޤައްދަސާ

28 ދެން އެމީހުން އީސާގެފާނު ކުރެން ސުވާލު ކުރިއެވެ. ”⁠އަހަރެމެން ކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގެންވާ ކަންތަކަކީ ކޮބައިތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 6:28
11 ပူးပေါင်းရင်းမြစ်များ  

އެ ހިނދު މީހަކު އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު! ނިމުންނުވާ ޙަޔާތެއް ލިބިގަތުމަށް ޓަކައި އަޅުގަނޑު ކުރަންވީ ހެޔޮކަމަކީ ކޮބައިތޯ؟⁠“


އެއްދުވަހަކު އެއްވެ ތިބި މީހުންގެ ތެރެއިން ދީނުގެ ދަންނަބޭކަލަކު ތެދުވެ އީސާގެފާނު ކުށްވެރި ކުރެވޭނެ ފަދަ ބަހެއް އެކަލޭގެފާނުގެ ކިބައިން ހޯދުމަށްޓަކައި އެކަލޭގެފާނާއި ސުވާލެއް ކުރިއެވެ. މިމީހާ އީސާގެފާނަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުންނުވާ ޙަޔާތުގައި ލިބިގަތުމަށްޓަކައި ކުރަންވީ ކަންތައްތަކަކީ ކޮބައިތޯ؟⁠“


ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.⁠“


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންގެ ކިބައިން ކުރުމަށް އެދިވޮޑިގަންނަވާ ކަމަކީ އެކަލާނގެ ފޮނުއްވި ޚާއްސަ ފަރާތަށް އީމާންވުން.⁠“


ދެން އޭނާ އެމީހުން ޖަލުން ބޭރަށް ނެރެފަ އެމީހުންނަށް ބުންޏެވެ. ”⁠އަޅުގަނޑު ދިންނެވުން ލިބިގަތުމަށް ކުރަންވީ ކަމެއް ތިޔަ ސާހިބުން ވިދާޅުވެ ދެއްވާ؟⁠“


އެތަނަށް އެއްވެފައިވާ މީސްތަކުންނަށް މި ބަސްތައް އިވުމުން ވަރަށް ކަންބޮޑުވެ ދެރަވިއެވެ. އެމީހުން ޕަތަރަސްއާއި އެހެން ވެސް އީސާގެފާނުގެ މަންދޫބުން ކުރެން ސުވާލު ކުރިއެވެ. ”⁠އަޚުންނޭ. ދެން އަހަރެމެން ހަދާނީ ކިހިނެއް ތޯ؟⁠“


ތެދުވޭ. ތެދުވެ ރަށުތެރެއަށް ދޭ. އެ ރަށުގައި މީހަކު ކަލޭ ކަންތައް ކުރަންވީ ގޮތް ކަލެއަށް ބުނެދޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ