Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 6:26 - ކިތާބުލް މުޤައްދަސާ

26 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ތެދަށް ބުނަން، ކަލޭމެން އަހަރެން ތިޔަ ހޯދަނީ އަހަރެން ދެއްކި މުޢުޖިޒާތުގެ މާނަ އެނގި ވިސްނިގެންނެއް ނޫން. ކަލޭމެން އަހަރެން ތިޔަ ހޯދަނީ ކަލޭމެން ކާނެވަރަކަށް ކާންލިބުމުގެ ސަބަބުން.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 6:26
20 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، އަލުން އުފަންނުވާ އެއްވެސް މީހަކަށް މާތްރަސްކަލާނގެ ރަސްކަންފުޅު ހާސިލެއް ނުކުރެވޭނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ނަމަވެސް މީހަކު ފެނާއި ރޫޙުން އުފަންނުވާ ހާ ހިނދަކު އެމީހަކު މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހަމަ ޔަޤީނުން ވެސް ނުހިމެނޭނެ.


އެތާނގައި ތިބި މީސްތަކުންނަށް އީސާގެފާނު މި ދެއްކެވި މުޢުޖިޒާތް ފެނުމުން އެމީހުން ބުންޏެވެ. ”⁠ހަމަ ކަށަވަރުން ވެސް މިއީ ދުނިޔެއަށް ފޮނުއްވާނެ ރަސޫލާ ކަން ޔަޤީން.⁠“


އެކަލޭގެފާނު ގަދަކަމުން އެމީހުންގެ ރަސްގެފާނު ކަމުގައި ހަދާނެ ކަން އީސާގެފާނަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު އެތަނުން ވަޑައިގަތެވެ. އަދި ގިނިކަންޏާ ފަރުބަދަތަކު ތެރެއަށް އެނބުރި ވަޑައިގެންނެވިއެވެ.


ވަރަށްގިނަ ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެއީ އެކަލޭގެފާނު ތަފާތު ބަލިތައް ޖެހިފައިވާ މީހުން ރަނގަޅުކުރައްވާ ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެމީހުންނަށް ފެނިފައިވީތީއެވެ.


އެތަނުގައި އީސާގެފާނު ވެސް އަދި އަސްޙާބީއަކު ވެސް ނެތްކަން އެނގުމުން އެމީހުން ދޯނިތަކަށް އަރައި އެކަލޭގެފާނު ފެނޭތޯ ކަޕަރުނައުމަށް ދާން ފުރައިފިއެވެ.


މިހެން އީސާގެފާނު ވިދާޅުވުމުން އެމީހުން ބުންޏެވެ. ”⁠ކަލޭގެފާނު ދެން ދައްކަވާނީ ކޮން މުޢުޖިޒާތެއްތޯ؟ އޭރަކުން ކަލޭގެފާނު ތިއީ މާތްރަސްކަލާނގެ ފޮނުއްވި ޚާއްސަ ފަރާތްކަން އަޅުގަނޑުމެން ގަބޫލު ކޮށްފާނަން.


އެކަމަކު އަހަރެން ކުރިން ވެސް ބުނިހެން ކަލޭމެންނަށް އަހަރެން ފެނިއްޖެ. ނަމަވެސް ކަލޭމެން އަދިވެސް ގަބޫލެއް ނުކުރޭ.


އަހަރެން ޔަޤީން ކަމާއި އެކު ކަލޭމެންނަށް ބުނަން. އަހަރެން ގަބޫލުކޮށް އީމާންވެއްޖެ ކޮންމެ މީހަކީ މިހާރު ވެސް ނިމުންނުވާ ޙަޔާތް ލިބިފައިވާ މީހެއް.


ދެން އަނެއްކާވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، ކަލޭމެން އިންސާނާގެ ދަރިކަލުންގެ ހަށިގަނޑު ކާން ޖެހޭނެ. އަދި އޭނާގެ ލޭ ވެސް ބޯންޖެހޭނެ. އެ ގޮތަށް ކަންތައް ނުކޮށްފިނަމަ ކަލޭމެންނަކަށް ޙަޤީޤީ ޙަޔާތެއް ނުލިބޭނެ.


އެކަމަކު ކަލޭމެންގެ ތެރެއިން ބައެއް މީހުން އަހަރެން ގަބޫލު ނުކުރާކަން އަހަރެންނަށް އެނގޭ.⁠“ އެއީ އީސާގެފާނަށް ފުރަތަމައިނުން ވެސް އެކަލޭގެފާނު ގަބޫލު ނުކުރާނީ ކާކުކަމާއި އަދި އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނީ ކާކުކަން އެނގިވަޑައިގެންވިއެވެ.


އެހެން ފަރާތްތަކުން އަލްމަސީޙު އީސާގެފާނާ މެދު ވިސްނުމުގެ ބަދަލުގައި އެމީހުން މުހިންމު ކަމެއް ދޭނީ އެބައިމީހުންގެ ޙަޔާތާއިމެދުގައެވެ.


އާޚިރުގައި މިފަދަ މީހުންގެ ނިމުމަކީ ހަލާކެވެ. އެބައިމީހުން ވަނީ ޖިސްމާނީ އަޅުވެތި ކަމެއްގައެވެ. އެބައިމީހުންގެ ލަދުޙަޔާތް ކުޑަ އަމަލު ތަކާއިމެދު ބޮޑާވެއެވެ. ހަމައެކަނި އެބައިމީހުން އެދުންވެރި ވަނީ މާއްދިއްޔަތަށެވެ.


މިފަދަ އެދުރުން އަބަދުވެސް މައްސަލަތައް ކުރިމަތި ކުރުވައެވެ. އެއީ އެބައިމީހުންގެ ބުއްދި ހައިޖާނު ހައްދާތީއެވެ. އަދި ތެދު ބުނުމުން މިފަދަ އެދުރުން ވަނީ އެއްކިބާ ވެގެންނެވެ. މިފަދަ އެދުރުން ދެކޭގޮތުގައި ދީނަކީ މުއްސަނދި ވުމަށް އޮތް މަގެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ