21 ދެން އެމީހުން އުފަލާއިއެކު އެކަލޭގެފާނު ދޯންޏަށް އެރުވިއެވެ. ހަމައެވަގުތު އެމީހުން ދާން ދިޔަ ރަށުގެ ގޮނޑުދޮށަށް ދޯނި ލެފިއްޖެއެވެ.
ދެން އަސްޙާބީން އެކަލޭގެފާނު ދޯންޏަށް ނެންގެވިއެވެ. އަދި ހަމަ އެ ހިނދު ވައިމަޑުވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން މިކަމާއިމެދު އިންތިހާއަށް ހައިރާންވިއެވެ.
އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ބިރުނުގަނޭ! މިއީ އަހަރެން.“
ކަނޑުގެ އެ ފަރާތު އައްސޭރީގައި ތިބި މީހުން އޭގެ އަނެއް ދުވަހު ބެލި އިރު، ކުރީދުވަހު އެތަނުގައި އޮތް ހަމަ އެކަނި ދޯނީގައި އަސްޙާބީން ފުރައިގެން ދިޔައީ އީސާގެފާނު ނުލައި ކަމާއި، އެކަލޭގެފާނު އެމީހުންނާއެކު ފުރާ ވަޑައިނުގަންނަވާ ކަން އެނގުނެވެ.
ދެކިބަލަ! ދޮރުގެ ކައިރީގައި ހުރެ އަހަރެން ޓަކިދެން. އަހަރެންގެ އަޑު އިވޭ މީހަކުނަމަ ދޮރު ހުޅުވާ. އަހަރެން އެބައިމީހުންގެ ގެއަށް ވަދެ އެބައިމީހުންނާއި އެކުގައި ކާނަން. އަދި އެބައިމީހުންނަށް އަހަރެންނާއި އެކުގައި ކެވޭނެމެ.