ޔޫޙަންނާ 6:2 - ކިތާބުލް މުޤައްދަސާ2 ވަރަށްގިނަ ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެއީ އެކަލޭގެފާނު ތަފާތު ބަލިތައް ޖެހިފައިވާ މީހުން ރަނގަޅުކުރައްވާ ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެމީހުންނަށް ފެނިފައިވީތީއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް އެ ފިރިހެނާ ދިޔަ ގޮތަށް މި ޚަބަރު ހުރިހާ ހިސާބެއްގައި ފެތުރިއެވެ. މިހެން ވުމުގެ ސަބަބުން މީސްތަކުން އެކަލޭގެފާނުގެ ގާތަށް އަންނަ ވަރު ގިނަކަމުން އީސާގެފާނަށް ފާޅުގައި އަވަށްތަކަށް ވެދެވަޑައިގެންނެވޭ ވަރެއް ވެސް ނުވިއެވެ. އެހެންވެ އެކަލޭގެފާނަށް އުޅުއްވަން ޖެހިވަޑައިގަތީ އެކަހެރި ހިސާބުތަކުގައެވެ. އެވަރުން ވެސް މީހުން އެކި ހިސާބުތަކުން އެކަލޭގެފާނުގެ އަރިހަށް އަންނަމުން ދިޔައެވެ.
އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.“