Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 5:9 - ކިތާބުލް މުޤައްދަސާ

9 ހަމައެވަގުތު އެމީހާ ގަދަ ވެއްޖެއެވެ. އަދި އެމީހާ އޮށޯވެ އޮތް ތަންމަތި ނަގައިގެން ހިނގަން ފަށައިފިއެވެ. މިކަން މި ގޮތަށް ހިނގީ ސަބަތުގެ ދުވަހެއްގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 5:9
15 ပူးပေါင်းရင်းမြစ်များ  

ޝަމްޢޫނުގެ މައިދައިތަ ކައިރިއަށް އެކަލޭގެފާނު ވަޑައިގަންނަވައި އެކަނބުލޭގެ އަތުގައި ހިއްޕަވާ ކޮޅަށް ތެދުކުރުމަށް އެހީތެރިވެ ވަޑައިގަތެވެ. އެ ހިނދު އެކަނބުލޭގެ ހުންފިލައި ރަނގަޅުވިއެވެ. އަދި އެކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ.


އެ ހިނދު އެމީހާގެ ބަލި ފަސޭހަވެ އަދި އޭނާ ތާހިރުވެގެން ވިއެވެ.


”⁠ދޭ. ތިބާގެ އީމާންތެރިކަމުގެ ސަބަބުން ތިބާ ތިޔަ ވަނީ ރަނގަޅުވެފައި.⁠“ އެ ހިނދު އޭނާގެ ލޮލުގެ އަލިކަން ލިބިގެން ވިއެވެ. އަދި އީސާގެފާނުގެ ފަހަތްޕުޅުން އެކަލޭގެފާނާއި އެކު ދިޔައެވެ.


އެކަލޭގެފާނުގެ ހެދުންކޮޅުގައި މި ކަނބުލޭގެ އަތްލި ހިނދު އޭނާގެ ލޭ ފޭބުން ވަގުތުން ހުއްޓިއްޖެއެވެ. އަދި އޭނާގެ މުސީބާތަކަށް ވެފައިވާ ބަލިން ފަސޭހަވިކަމުގެ އިޙުސާސް ކުރެވުނެވެ.


ފަހުން ބައިތުލް މަޤްދިސްގެ ތެރޭން އީސާގެފާނު އެމީހާ ހޯއްދަވައި އެމީހާއަށް ވިދާޅުވިއެވެ. ”⁠އަޑުއަހާ! މިހާރު ކަލޭ ތިޔަވަނީ ގަދަ ވެފަ. ދެން ފާފަކުރުން ހުއްޓާލާ! އެހެން ނޫނީ ތިޔަށް ވުރެ ނުބައި ގޮތެއް ވެސް ދިމާ ވެދާނެ.⁠“


ނަމަވެސް ކުއްޖަކު ޚިތާނު ކުރަންޖެހޭ ދުވަސް އެއީ ސަބަތުގެ ދުވަހެއްކަމުގައި ވިޔަސް މޫސާގެފާނު އެންގެވި މަގުން ކަންތައް ކުރުމަށްޓަކައި ކަލޭމެން އެކުއްޖަކު އެބަ ޚިތާނު ކުރޭ. ވީއިރު އަހަރެން މީހެއްގެ މުޅި ހަށިގަނޑު ސަބަތުގެ ދުވަހެއްގައި ރަނގަޅު ކުރީތީ އެކަމާ އަހަރެން ތިޔަ ކުށްވެރިކުރަނީ ކީއްވެ؟


އީސާގެފާނު ކިސަޑުކޮޅު އެއްކުރެއްވައި އެމީހާގެ ލޯ ފަސޭހަކޮށްދެއްވި ދުވަސްވީ ސަބަތުގެ ދުވަހަކަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ