ޔޫޙަންނާ 5:41 - ކިތާބުލް މުޤައްދަސާ41 މީސް މީހުންގެ ކިބައިން ލިބޭ ތަޢުރީފުގެ ބަސްތަކެއް އަހަރެންނަކަށް ބޭނުމެއް ނުވޭ. အခန်းကိုကြည့်ပါ။ |
އަމިއްލައަށް ތާރީފު ލިބިގަތުމަށް ވާހަކަ ދައްކާ މީހަކު އެކަންތައް އެކުރަނީ އޭނާގެ އަމިއްލަ ނަން ކުރިއަރުވައި މޮޅުކަން ހޯދައިގަތުމަށް. އެކަމަކު އެމީހާ އެވާހަކަ ދައްކަނީ އޭނާ ފޮނުވި ފަރާތަށް މޮޅުކަން ހޯދައިދީ އެފަރާތަށް ރީތި ނަން ލިއްބައި ދިނުމަށް ކަމަށް ވާނަމަ އެމީހަކީ ތެދުވެރިއެއް. އެފަދަ މީހަކީ ދޮގުވެރިޔަކަށް ނުވާނެ.
ތިޔަބައިމީހުންގެ ކިބައިން ވިޔަސް އަދި އެއްވެސް ބައެއްގެ ފަރާތުން ވިޔަސް އިންސާނީ ތަޢުރީފް ކުރުންތަކަކަށް އަހަރެމެން ނުބަލަމެވެ. އަލްމަސީޙުގެ މަންދޫބުންގެ ގޮތުގައި ތިޔަބައިމީހުންނާއި އެކުގައި އަހަރެމެންވީ ހިނދު ކަންތައްތައް ކުރުމަށް ތިޔަބައިމީހުންނަށް އަމުރު ކުރުމުގެ ބާރު އަހަރެމެންނަށް ލިބިގެންވީ ކަމުގައި ވިޔަސް އެފަދައިން އަހަރެމެން އަމަލު ނުކުރަމެވެ.
މާތްރަސްކަލާނގެ އިއްޒަތްތެރި ޖަލާލަތު ކަމާއިއެކު އެކަލާނގެ ވަޙީ ބަސްފުޅު މިފަދައިން އަހަރެމެންނަށް އިވިގެން ދިޔަ އެވެ. ”ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންގެ މައްޗަށް ތިމަންކަލާނގެ ރުހިވޮޑިގަތުން ވޭ.“ އެ ހިނދު އީސާގެފާނަށް މާތްރަސްކަލާނގެ ބައްޕާފުޅުގެ މަތިވެރިވެގެންވާ ޝަރަފާއި ޖަލާލަތު ލިބިވަޑައިގެންނެވިއެވެ.