Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 5:39 - ކިތާބުލް މުޤައްދަސާ

39 ކަލޭމެން މާތްރަސްކަލާނގެ މުޤައްދަސް ފަތްފުށްތައް ކިޔަވާ އެފޮތްތައް ދަސްކޮށް ހަދާ! ކަލޭމެން އެފޮތްތައް ކިޔަވަނީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެދި. އެކަމަކު އެފޮތްތަކުގައި ލިޔެވިގެން ވަނީ ހަމަ އަހަރެންނާ ބޭހޭގޮތުން.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 5:39
51 ပူးပေါင်းရင်းမြစ်များ  

އެއަމުރުތަކީ ކަލޯގެ ދިރިއުޅުމަށް އަލިކޮށްދޭ ދަންމަރެވެ. އެއިން ކަލޯ ހިނގާ މަގަށް އަލިކޮށްދީ ކަލޯ ތަރުބިއްޔަތު ކުރެއެވެ.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުން ތިތިބީ އޮޅުމެއްގެ ތެރޭގައި! އެހެނީ ތިޔަބައިމީހުންނަކަށް މުޤައްދަސް ފޮތުގައިވާ އެއްޗެއް ނުވެސް އެނގޭ. އަދި ތިޔަބައިމީހުންނަކަށް މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ވެސް ނޭނގޭ.


ރައްދު ޖަވާބު ދެއްވުމުގައި އީސާގެފާނު އެބައިމީހުންނާއި މި ސުވާލު ކުރެއްވިއެވެ. ”⁠މޫސާގެފާނު ތިޔަބައިމީހުންނަށް ގެނެސްދެއްވި ޤާނޫނު އަންގައިދެއްވަނީ ކޮން ގޮތަކަށް އަމަލު ކުރުމަށް؟⁠“


ތިޔަބައިމީހުން މުޤައްދަސް ފަތްފުށްތަކުން މިއެއް ނުކިޔަމުތަ؟ ’⁠ރާނާ މީހުން ބަލައިނުގެން އެއްލާލި ގާ އެންމެ މުހިންމު ބިންގާ ކަމުގައި ވެއްޖޭ.


ނަމަވެސް އިބްރާހީމްގެފާނު އޭނާއަށް ވިދާޅުވި. ’⁠އެމީހުން އަތުގައި މޫސާގެފާނާއި އަދި ނަބީބޭކަލުން ލިޔުއްވި ފޮތްތައް ވެއޭ. އެފޮތްތަކުގައި ލިޔެވިފައިވާ ނަސޭޙަތްތައް އަހައި އެމީހުންނަށް އެއަށް އީމާންވެވި ދާނެއޭ.⁠‘


ދެން އިބްރާހީމްގެފާނު ވިދާޅުވިއޭ. ’⁠އެމީހުން މޫސާގެފާނާއި އަދި ނަބީބޭކަލުން ވިދާޅުވި ބަސްފުޅުތަކުގެ އަޑުނާހާ އުޅޭ ނަމަ މަރުވެފައިވާ މީހަކު އަލުން ދިރިގެން ދިޔަސް އެމީހުންގެ ހިތާއި އުޅުމެއް ބަދަލެއް ނުކުރާނެއޭ.⁠‘⁠“


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ވަރަށް މޮޔަ ބައެއް. ނަބީބޭކަލުން ދެއްކެވި ވާހަކަފުޅުތައް ވެސް ގަބޫލުކުރަން ކަލޭމެންނަށް ވަރަށްގިނަ ވަގުތު ނަގާ.


ދެން މޫސާގެފާނުން ފެށިގެން ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް އެބޭކަލުންގެ ފޮތްތަކުގައި އީސާގެފާނާއި ބެހޭގޮތުން ލިޔުއްވާފައިވާ ހުރިހާ އެއްޗެއް އީސާގެފާނު އެމީހުންނަށް ތަފްސީލު ކޮށް ކިޔާދެއްވިއެވެ.


ދެން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތައުރާތާއި ޒަބޫރުއާއި އަދި ނަބީބޭކަލުން ލިޔުއްވާފައިވާ ފޮތްފޮތުގައި އަހަރެންނާއި މެދު ބަޔާން ވެގެންވާ ހުރިހާ ކަމެއް އެބަޔާން ވެގެން ވީ ފަދައިން ހިނގާ ނިމިދާނެ ކަމަށް އަހަރެން ކަލޭމެންނާއިއެކު ވީ ދުވަސްތަކުގައި ކަލޭމެންނަށް ބުނީން.⁠“


ފިލިޕު ގޮސް އޭނާގެ ރައްޓެއްސެއް ކަމުގައިވާ ނަތާނިއެލް ހޯދާފައި އޭނާ ގާތު ބުންޏެވެ. ”⁠މޫސާގެފާނާއި އެހެނިހެން ވެސް ރަސޫލުންނާ ނަބީބޭކަލުން އެކަލޭގެފާނަކާއި މެދު ލިޔުއްވި ކަލޭގެފާނު އަހަރެމެންނަށް ފެނިއްޖެ. އެކަލޭގެފާނަކީ ޔޫސުފުގެ ދަރިފުޅު ނާޒަރަތު އަވަށުން ވަޑައިގެންނެވި އީސާގެފާނު.⁠“


ނަމަވެސް އަހަރެންނާއި މެދު ހެކިދޭނެ ފަރާތެއް އެބަވޭ. އަދި އަހަރެންނާއި މެދު އެކަލާނގެ އެންގެވި ބަސްތަކަކީ ތެދުކަން އަހަރެންނަށް އެނގޭ.


ނަމަވެސް ޔަޙުޔާގެފާނު ވިދާޅުވި ބަސްފުޅުތަކަށް ވުރެވެސް މާ މުހިންމު ހެއްކެއް އަހަރެންގެ ފަރާތުގައިވޭ. އެއީ އަހަރެން ދަސްކޮށްދެމުން މިދާ ކަންތަކާއި ދައްކަމުން މި ގެންދާ މުޢުޖިޒާތްތައް. އަދި އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ކުރުމަށް އެންގެވި ކަންތައްތައް އަހަރެން ކޮށް ނިންމުން. މިކަންތައްތަކުގެ ސަބަބުން އަހަރެން ފޮނުއްވީ ބައްޕާފުޅުކަން ސާބިތު ކޮށްދޭ.


ނަމަވެސް އެ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އަހަރެންގެ ބަސްތައް ގަބޫލު ކުރުމަށް ކަލޭމެން އެބަ އިންކާރުކުރޭ.


ކަލޭމެން މޫސާގެފާނުގެ ބަސްފުޅުތައް އަހައި ގަބޫލުކޮށް އީމާންވެގެން ތިބިނަމަ ކަލޭމެން އަހަރެންގެ ބަސް ގަބޫލު ކުރީސް. އެއީ މޫސާގެފާނު އަހަރެންނާއި ބޭހޭގޮތުން ވަނީ ލިޔުއްވާފައި.


އެމީހުން ބުންޏެވެ. ”⁠ކަލެއަކީ ވެސް ގަލީލީގެ މީހެއް ނޫންތަ؟ ކަލޭ ފަތްފުށްތައް ހާވައި ނިކަން ބަލާބަލަ. ދުވަހަކު ވެސް އެއްވެސް ނަބީ ބޭކަލަކު ގަލީލީއަކުން އައިސްފައެއް ނުވާނެ.⁠“


ޖެރޫސަލަމުގެ މީހުންނާއި އަދި އެމީހުންގެ ވެރިންނަކަށް އީސާގެފާނަކީ ކޮން ބޭކަލެއް ކަމެއް ނުވިސްނުނު. އަދި ރަސޫލުންނާއި ނަބީން މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވާފައިވާ ބަސްފުޅުތައް ލިޔެވިގެންވީ ފޮތުން ކޮންމެ ސަބަތުގެ ދުވަހެއްގައި އެމީހުން ކިޔަވާ އާޔަތްތަކެއް ވެސް އެމީހުންނަކަށް ނުވިސްނޭ. ނަމަވެސް ހަމަ އެ ބަސްފުޅުތަކުގައި ލިޔެވިގެންވީ ފަދައިން އެމީހުން އެކަލޭގެފާނު ކުށްވެރިކުރި. އަދި އެ ގޮތުން އެ ބަސްފުޅުތަކުގައި ވީ ފަދައިން ހުރިހާކަމެއް ފުރިހަމަވެ ދިޔަ.


ތިސަލޯނިކާގައި ވީ ބަނީއިސްރާއީލު މީހުންނަށް ވުރެ މި ރަށުގައި ވީ ބަނީއިސްރާއީލު މީހުންގެ އަދަބާ އަޚުލާގު މާ ރަނގަޅެވެ. އެއީ އެމީހުން ޕައުލް އަންގާދެމުން ދިޔަ ބަސްތައް ވަރަށް ޝައުޤުވެރިކަމާއި އެކު ކަނުލާ އަޑުއަހާ އަދި ކޮންމެ ދުވަހަކު މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްކޮޅު ކިޔާ ޕައުލް އެ ބުނާ ބަސްތަކަކީ ތެދުތޯ ބަލާ ހޯދާ ވެސް ހެދިއެވެ.


އަގިރިފާ ރަސްގެފާނު. ރަސޫލުންނާއި ނަބީބޭކަލުން ލިޔުއްވި ބަސްފުޅުތައް ތިޔަބޭފުޅާ ގަބޫލު ކުރަން ނޫންތޯ؟ މަނިކުފާނު އެކަން ގަބޫލު ކުރާ ކަން އަޅުގަނޑަށް އެނގޭ.⁠“


އީސާއަލްމަސީޙުގެ ރިސާލަތު އޭގެ މުއްސަނދިކަމާއެކު ތިޔަބައިމީހުންގެ ކިބައިގައި އެކުލަވާށެވެ. އަދި އެކަކު އަނެކަކަށް އޭގެ ޙިކުމަތްތައް ކިޔައިދީ ވިސްނައިދީ ހަދާށެވެ. މިއާއެކު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވައި މަދަހަ ސަނާ ކިޔައި ރޫހާނީ ލަވަޔާއި ތަރާނާތައް ކިޔަމުން ދާށެވެ.


އެ ބޭކަލުން ވަޑައިގަންނަވަން ބޭނުންފުޅުވީ އެއަށް ވުރެން ރަނގަޅު ވަޒަނަކަށެވެ. އެއީ ސުވަރުގެއެވެ. އެބޭކަލުންގެ ކަލާނގެއަކީ މާތްރަސްކަލާނގެ ކަމުގައި ދެކޭތީ އެކަލާނގެ ލަދުވެތިވެ ވޮޑިއެއް ނުގަންނަވައެވެ. އެހެންވެ އެކަލާނގެވަނީ އެބޭކަލުންނަށްޓަކައި ވަޒަނެއް ތައްޔާރު ކުރައްވާފައެވެ.


ބައެއް އަންހެނުން ގާތަށް އެމީހުންގެ މަރުވެގޮސްފައިވާ ތިމާގެ މީހުން ދިރިގެން އެނބުރި އައެވެ. އެތައްބަޔަކަށް ޖަލުތަކުގައި އަނިޔާ ދެވުނެވެ. އެކަމަކު އެމީހުން މިނިވަންވާން އިންކާރު ކުރިއެވެ. އެމީހުން ޚިޔާރު ކުރީ އަލުން ދިރިގެން ލިބޭނެ މާރަނގަޅު ޙަޔާތެކެވެ.


އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ