ޔޫޙަންނާ 5:36 - ކިތާބުލް މުޤައްދަސާ36 ނަމަވެސް ޔަޙުޔާގެފާނު ވިދާޅުވި ބަސްފުޅުތަކަށް ވުރެވެސް މާ މުހިންމު ހެއްކެއް އަހަރެންގެ ފަރާތުގައިވޭ. އެއީ އަހަރެން ދަސްކޮށްދެމުން މިދާ ކަންތަކާއި ދައްކަމުން މި ގެންދާ މުޢުޖިޒާތްތައް. އަދި އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ކުރުމަށް އެންގެވި ކަންތައްތައް އަހަރެން ކޮށް ނިންމުން. މިކަންތައްތަކުގެ ސަބަބުން އަހަރެން ފޮނުއްވީ ބައްޕާފުޅުކަން ސާބިތު ކޮށްދޭ. အခန်းကိုကြည့်ပါ။ |
އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.“
އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.