Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 5:34 - ކިތާބުލް މުޤައްދަސާ

34 އަހަރެން އެހެން މިބުނީ ކޮންމެހެން އެހެން އިންސާނެއްގެ ހެކިބަހެއް އަހަންނަށް ބޭނުން ވާތީއެއް ނޫން. ނަމަވެސް އަހަރެން މިހެން މި ބުނީ މިގޮތުން ވެސް ކަލޭމެންނަށް ދިންނެވުން ލިބޭނެ ހެން ހެދުމަށް.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 5:34
16 ပူးပေါင်းရင်းမြစ်များ  

އޭ ޖެރޫސަލަމުގެ އަހުލުވެރިންނޭ! ކަލޭމެންނީ ކަލޭމެންގެ ކައިރިއަށް ފޮނުއްވޭ ނަބީބޭކަލުން މަރާ ކަލޭމެންގެ ކައިރިއަށް ފޮނުއްވޭ މީހުންގެ ގައިގައި އޮށްގަލުންތަޅާ މީހުން. ކުކުޅެއް ޅަ ފިޔޮއްތައް އޭގެ ފިޔަގަނޑު ދަށަށްލާ ރައްކާކުރާ ފަދައިން އަހަރެން ކިތައްފަހަރު މަތިން ކަލޭމެން އެއްކޮށް ގާތް ކުރަން އުޅެފީމު؟ ނަމަވެސް ކަލޭމެން އެގޮތެއް ގަބޫލެއް ނުކުރޭ.


އިންސާނާގެ ދަރިކަލުން މި ދުނިޔެއަށް އައީ މަގުއޮޅި ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމަށްޓަކާ.⁠“


އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން.


ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.


ނަމަވެސް އަހަރެންނާއި މެދު ހެކިދޭނެ ފަރާތެއް އެބަވޭ. އަދި އަހަރެންނާއި މެދު އެކަލާނގެ އެންގެވި ބަސްތަކަކީ ތެދުކަން އަހަރެންނަށް އެނގޭ.


މީސް މީހުންގެ ކިބައިން ލިބޭ ތަޢުރީފުގެ ބަސްތަކެއް އަހަރެންނަކަށް ބޭނުމެއް ނުވޭ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން އަމިއްލައަށް އަހަރެން މަތިވެރި ކުރާނަމަ އެއީ އެއްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން. ނަމަވެސް އަހަރެންނަށް އެމަތިވެރިކަން ދެއްވާ އަހަރެން މަތިވެރި ކުރައްވަނީ އަހަރެންގެ ބައްޕާފުޅު. އެކަމަކު ކަލޭމެން ތިމަން މީހުންގެ ކަލާނގެއޭ ތިޔަ ކިޔަނީ އަހަރެންގެ ބައްޕާފުޅަށް.


ތިބާގެ ދިރިއުޅުމުގެ އިތުރުން ތިބާގެ ޢަޤީދާއާއި މެދުގައި ވިސްނާށެވެ. ހުރަސްތައް މިކަމުގައި ދިމާވެދިޔަ ނަމަވެސް ނުހުއްޓި ކުރިއަށްދާށެވެ. އޭރުން ތިބާ އާއި އެކު ތިބާގެ ބަސްތައް ގަބޫލުކުރި މީހުން ވެސް މާތްރަސްކަލާނގެ ސަލާމަތް ކުރައްވާނެއެވެ.


އަހަރެމެން އިންސާނުންގެ ހެކިބަސް ވެސް ގަބޫލު ކުރަމެވެ. މާތްކަލާނގެ ހެކިވެ ވޮޑިގަތުން އިންސާނެއްގެ ހެކިބަހަށް ވުރެން މާ މަތިވެރި ކަމެކެވެ. އެކަލާނގެ ވަނީ އެ ދަރިކަލުންނާ މެދު މި ގޮތަށް ހެކިވެ ވޮޑިގެންފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ