31 ”އަހަރެންނާއި ދޭތެރޭ އަހަރެން މިބުނާ ބަސްތަކަކީ އަހަރެން އެކަނި ބުނާ ބަސްތަކެއް ނަމަ އެބަސްތަކުގެ ތެދުކަން ޔަޤީންކޮށް ދެވޭނެ ގޮތެއް ނޯންނާނެ.
ތިމާ އަމިއްލައަށް ތިމާއަށް ތާރީފު ނުކުރާށެވެ. އެހެން މީހަކު ކުރަންޏާ އެކަންތައް ކޮށްފާނެއެވެ. އެކަމަކު ތިމާގެ ދުލުން ނުކުރާށެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން އަމިއްލައަށް އަހަރެން މަތިވެރި ކުރާނަމަ އެއީ އެއްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން. ނަމަވެސް އަހަރެންނަށް އެމަތިވެރިކަން ދެއްވާ އަހަރެން މަތިވެރި ކުރައްވަނީ އަހަރެންގެ ބައްޕާފުޅު. އެކަމަކު ކަލޭމެން ތިމަން މީހުންގެ ކަލާނގެއޭ ތިޔަ ކިޔަނީ އަހަރެންގެ ބައްޕާފުޅަށް.
”ލަވުދީކިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އާމީންގެ ފަރާތުން ދިން ޚަބަރެއް. އަހަރެންނީ ވަފާތެރި އަދި ތެދުވެރި ހެކިވެރިޔާ. އަދި މާތްރަސްކަލާނގެ ޚަލްޤުތަކުގެ ވެރިޔާ ވެސްމެ.