ޔޫޙަންނާ 5:3 - ކިތާބުލް މުޤައްދަސާ3 އެ ވެވުގެ ފެންޑާތަކުގައި ވަރަށް ގިނަ އަދަދެއްގެ ބަލި މީހުން ތިބެއެވެ. އޭގެ ތެރޭގައި ލޯ އަނދިރި މީހުންނާއި، ނުހިނގޭ މީހުންނާއި، ވާވެފައިވާ މީހުން ތިބެއެވެ. အခန်းကိုကြည့်ပါ။ |
މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.
އީސާގެފާނާއި އެސުވާލު ކުރަން އައި މީހުންނަށް އެކަލޭގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ. ”ކަލޭމެން ގޮސް ޔަޙުޔާގެފާނަށް ކަލޭމެންނަށް ތިޔަފެނުނު ކަންތަކާއި އަޑުއިވުނު ވާހަކަތަކުގެ ޚަބަރު ދީ. ލޯއަނދިރި މީހުންނަށް ލޮލުގެ އަލިކަން ލިބި، ނުހިނގޭ މީހުންނަށް ހިނގި، ޖުޒާމުބަލި ޖެހިފައިވާ މީހުންނަށް ފަސޭހަވެ، ބީރު މީހުންނަށް އަޑުއިވި، މަރުވެފައިވާ މީހުން ދިރުއްވާ، ނިކަމެތިންނަށް ހެޔޮޚަބަރު ދެވިއްޖެ.