Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 5:25 - ކިތާބުލް މުޤައްދަސާ

25 އަހަރެން ބުނަންތަ؟ އެފަދަ ދުވަހެއް އެބައާދޭ. އަދި ކޮބާ! އެދުވަސް މިހާރު ވެސް މި ވަނީ އައިސްފަ. އެދުވަހުން މަރުވެފައިވާ މީހުންނަށް މާތްރަސްކަލާނގެ ދަރިކަލުންގެ އަޑުއިވޭނެ. އަދި އެ އަޑު އިވޭ ބަޔަކަށް ދިރިހުރުން ލިބޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 5:25
19 ပူးပေါင်းရင်းမြစ်များ  

މިއަދު މަގޭ މަރުވެފައި ވީ ދަރިފުޅަށް އަލުން އާ ޙަޔާތެއް ލިބިއްޖޭ. މަގޭ ގެއްލިފައި ވީ ދަރިފުޅު ފެނިއްޖޭ.⁠‘ ދެން އެއަށް ފަހު އެބައިމީހުން މިކަން ފާހަގަ ކުރުމަށްޓަކައި އުފާ ފާޅުކުރުމަށް ފެށި.


ނަމަވެސް މިއަދު ކަލޭގެ ގެއްލިފައި ވީ ކޮއްކޮ އެނބުރި އައި ހިނދު އެކަމުގެ އުފަލުގައި އަހަރެމެން މިކެއުން ތައްޔާރުކޮށް އުފާ ފާޅުކުރަން ޖެހޭނޭ. އެއީ ކަލޭގެ ކޮއްކޮ ވީ މަރުވެފައޭ. ނަމަވެސް މިހާރު އޭނާއަށް އަލުން ޙަޔާތެއް ލިބިއްޖޭ. އޭނާ ވީ ގެއްލިފައޭ. ނަމަވެސް އަލުން އޭނާ ފެނިއްޖޭ.⁠‘⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މަރުވެފައިވާ މީހުން އެމީހުންގެ ތެރޭން މަރުވާ މީހުން ވަޅުލިޔަދީ! ނަމަވެސް ކަލޭ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭގޮތުން މީސްތަކުންނަށް އިޢުލާން ކުރޭ.⁠“


ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ.


މި ހުރިހާ ވާހަކަތަކެއް އަސްޙާބީންގެ ގާތުގައި ދައްކަވައި ނިމިވަޑައިގަތުމުން އެކަލޭގެފާނު އުޑާއި ދިމާއަށް ބައްލަވާފައި ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! ދަރިފުޅުގެ ޖަލާލަތުކަން ފާޅުކުރައްވާ. އެއީ ދަރިފުޅުގެ ފަރާތުން އެ ޖަލާލުވަންތަކަން ފާޅުވެވޭނެ ގޮތް ވުމަށްޓަކާ!


އީސާގެފާނު ވިދާޅުވިއެވެ. ”⁠ބުނަންތަ؟ އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހުން އަޅުކަން ކުރަންޖެހޭނީ ޖެރޫސަލަމަކު ވެސް ނޫން އަދި މި ފަރުބަދައަކު ވެސް ނޫން.


ނަމަވެސް އެދުވަހެއް އެބައާދޭ. އަދި ކީއް! އެދުވަސް މީހާރު ވެސް މި ވަނީ އައިސްފަ. އެދުވަހަކުން ތެދުވެރި އަޅުވެރިން، އުޑުގައިވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރާނީ މާތްރޫޙުފުޅު ދައްކަވާ ތެދުމަގުން. މާތްރަސްކަލާނގެ ހޯއްދަވަނީ އެފަދައިން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ މީހުން.


ބައްޕާފުޅު މީސްތަކުން މަރުވުމަށް ފަހު އަލުން ދިރުއްވާހެން ހަމަ ދަރިކަލުން ވެސް އެދަރިކަލުން ބޭނުންފުޅު މީހަކަށް ދިރުން ދެއްވާނެ.


މިވާހަކަތަކާ މެދު ހައިރާން ނުވޭ. މަރުވެފައިވާ އެންމެންނަށް އެކަލޭގެފާނުގެ އަޑު އިވޭނެ ދުވަހެއް އެބައާދޭ.


އީސާގެފާނުގެ ގިނަ އަސްޙާބީން މިބަސްތަކުގެ އަޑުއަހާފައި ބުންޏެވެ. ”⁠މިއަކީ ޤަބޫލުކުރެވޭ ކަހަލަ ވާހަކައެއް ނޫން. ކާކަށް މިވާހަކަ ބަލައިގަނެވޭނީ؟⁠“


ކަލޭމެންނަށް އަހަރެން މިބުނާ އެއްޗެއް ނުވިސްނެނީ ކީއްވެ؟ އެއީ ކަލޭމެންނަށް އަހަރެން މި ބުނާ އެއްޗެއް އަޑުއަހަން ކެތް ނުވާތީ.


މާތްރަސްކަލާނގެ މީހުން ނަމަ އެކަލާނގެ ބަސްފުޅުތައް އަޑުއަހާނެ. އެކަމަކު ކަލޭމެން މާތްރަސްކަލާނގެ ބަސްފުޅެއް އަޑެއް ނާހާ. އެހެންކަމުން ކަލޭމެން ތިޔައީ މާތްރަސްކަލާނގެ މީހުންނެއް ނޫން.⁠“


އޭނާ ޖަވާބުގައި ބުންޏެވެ. ”⁠މިހާރު އެއްފަހަރު އަޅުގަނޑު އެކަންތައް ވީ ގޮތް ތަފްސީލުކޮށް ކިޔާދީފިން. ތިޔަބޭފުޅުން އަޅުގަނޑުގެ ވާހަކަތައް ގަބޫލެއް ނުކުރެއްވި. އަނެއްފަހަރު ވެސް އެވާހަކަތައް އަޅުގަނޑު ލައްވާ ބުނުވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟ އަނެއްކާ ތިބޭފުޅުން ވެސް އޭނާއާ ތަބާވާން ބޭނުންފުޅު ވަނީތޯ؟⁠“


މާޒީގައި ތިޔަބައިމީހުންނީ ރޫޙާނީ ގޮތުން މަރުވެފައިވާ ބައެކެވެ. ސަބަބަކީ މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުން އުރެދި، ފާފަވެރިވުމުންނެވެ.


ވީމާ، މާތްރަސްކަލާނގެ ކިބަފުޅަށް އުރެދުމުގެ ސަބަބުން އޭރު އަހަރެމެން ރޫޙާނީ ގޮތުން މަރުވެފައި ވިޔަސް އަލްމަސީޙާއި އެކުގައި އެއްބައިވަންތަވުމުން އެކަލާނގެ އާ ޙަޔާތެއް އަހަރެމެންނަށް ދެއްވިއެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުން ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިގެންވެއެވެ.


އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ. ”⁠ނިދާފައިވާ އިންސާނާ ނިކަން ހޭލާށޭ! މަރުވެފައިވާ މީހުންގެ މެދުން ތެދުވޭ. އަދި އަލްމަސީޙުގެ ނޫރުފުޅުން ތިބާގެ މައްޗަށް އަލިކަން ވިދާ ބަބުޅާނެ.⁠“


މާޒީގައި ތިޔަބައިމީހުން ވަނީ ތިޔަބައިމީހުން ކުރި ފާފައިގެ ސަބަބުން ރޫޙާނީ ގޮތުން މަރުވެފައެވެ. އެއީ އޭރު ތިޔަބައިމީހުންގެ ފާފަވެރި ތަބީޢަތް ކަނޑާ އެއްލާލެވިފައި ނުވާތީއެވެ. ދެން މާތްކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި އަލްމަސީޙާއި އެކުގައި ދިރުއްވީއެވެ.


”⁠ސަރުދީސްގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅާއި ހަތް ތަރި ހިފަހައްޓައިގެންވާ ފަރާތުން ދިން ޚަބަރެއް. ތިޔަބައިމީހުން ކުރަމުން ގެންދާ ކަންތައްތައް އަހަރެންނަށް އެނގޭ. މީހުން ދަންނަގޮތުގައި ތިޔަބައިމީހުންނީ ދިރިތިބި ބައެއް. ނަމަވެސް ޙަޤީޤަތުގައި ތިޔަބައިމީހުން ތިޔަތިބީ މަރުވެފަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ