ޔޫޙަންނާ 5:24 - ކިތާބުލް މުޤައްދަސާ24 ހަމަ ތެދެއް، އަހަރެންގެ ބަސްތައް ގަބޫލުކޮށް އަދި އަހަރެން ފޮނުއްވި ފަރާތް ގަބޫލު ކުރާ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފާ. އެމީހުން ކުށްވެރިކޮށް އެމީހުންނާ ދޭތެރޭ ހިސާބެއް ނުބެލެވޭނެ. އެއީ އެމީހުން މިހާރު ވެސް ވަނީ މަރުވުމުން ބޭރުވެ ދާއިމީ ޙަޔާތަކަށް ވާސިލުވެފައި. အခန်းကိုကြည့်ပါ။ |
ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.
މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.