ޔޫޙަންނާ 5:16 - ކިތާބުލް މުޤައްދަސާ16 އެއަށް ފަހު ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް ވަރަށް ގިނަ އުނދަގޫތައް ދޭން ފެށިއެވެ. އެއީ އެކަލޭގެފާނު މިފަދަ ކަންތައްތައް ސަބަތުގެ ދުވަހުގައި ކުރައްވަމުން ގެންދަވާތީއެވެ. အခန်းကိုကြည့်ပါ။ |
ނޯކަރަކު އެމީހެއްގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެއޭ އަހަރެން ކަލޭމެން ގާތު ބުނިކަން ހަނދާން އެބަ ހުރިތަ؟ އެމީހުން އަހަރެންނާމެދު ނުބައިކޮށް ކަންކުރިއިރު ކަލޭމެންނާމެދު ވެސް ނުބައިކޮށް ކަންކުރާނެއެންނު. އަހަރެންގެ ބަސްތަކަށް އެމީހުން އަމަލު ކުރާނަމަ ކަލޭމެންގެ ބަސްތަކަށް ވެސް އެމީހުން އަމަލުކުރާނެ.
މިބަސްފުޅުގެ ސަބަބުން ބަނީއިސްރާއީލު މީހުން އަދި ވަކިން ބޮޑަށް އީސާގެފާނު އަވަހާރަކޮށްލަން މަސައްކަތް ކުރަން ފެށިއެވެ. އެއީ އީސާގެފާނު ސަބަތުގެ ދުވަހުގެ ގަވާއިދާއި ޚިލާފުވެ ވަޑައިގަތީތީ އެވެ. އަދި އެކަލޭގެފާނުގެ ބައްޕައަކީ މާތްރަސްކަލާނގެއޭ ވިދާޅުވީތީ އެވެ. އެގޮތުން އީސާގެފާނު އެކަލޭގެފާނާއި މާތްރަސްކަލާނގެ އާއި އެއްވަރު ކުރެއްވީތީ ވެސް މެއެވެ.