Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 5:15 - ކިތާބުލް މުޤައްދަސާ

15 ދެން މި މީހާ ގޮސް ބަނީއިސްރާއީލުގެ ވެރިންގެ ގާތު އޭނާގެ ބަލި ފަސޭހަ ކޮށްދެއްވީ އީސާގެފާނު ކަމުގައި ބުނެފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 5:15
12 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެ ފިރިހެނާ ދިޔަ ގޮތަށް މި ޚަބަރު ހުރިހާ ހިސާބެއްގައި ފެތުރިއެވެ. މިހެން ވުމުގެ ސަބަބުން މީސްތަކުން އެކަލޭގެފާނުގެ ގާތަށް އަންނަ ވަރު ގިނަކަމުން އީސާގެފާނަށް ފާޅުގައި އަވަށްތަކަށް ވެދެވަޑައިގެންނެވޭ ވަރެއް ވެސް ނުވިއެވެ. އެހެންވެ އެކަލޭގެފާނަށް އުޅުއްވަން ޖެހިވަޑައިގަތީ އެކަހެރި ހިސާބުތަކުގައެވެ. އެވަރުން ވެސް މީހުން އެކި ހިސާބުތަކުން އެކަލޭގެފާނުގެ އަރިހަށް އަންނަމުން ދިޔައެވެ.


ޖެރޫސަލަމުން، ބަނީއިސްރާއީލުގެ ވެރިން ޔަޙުޔާގެފާނުގެ ގާތުން އެކަލޭގެފާނަކީ ކާކުތޯ އަހައި ސުވާލު ކުރުމަށް އިމާމުންނާއި އަދި ބައިތުލް މަޤްދިސް ބަލަހައްޓާ އެހީތެރީން ފޮނުވުމުން ޔަޙުޔާގެފާނު އެމީހުންނަށް މިފަދައިން ވިދާޅުވެ އެންގެވިއެވެ.


”⁠އަހަރެން ކުރިއްޔާ ކުރި ހުރިހާކަމެއް އެނގޭ މީހަކާ ދިމާވެއްޖެ. އެމީހާ ދެކެން ނިކަން ހިނގާބަލަ. އަނެއްކާ އެމީހާ އެއީ އަލްމަސީޙަށް ވެސް ވެދާނެ ކަން ނޭނގެއެންނު.⁠“


އެހެންކަމުން އެތާނގައި ތިބި ބަނީއިސްރާއީލުގެ ވެރިން އެމީހާއަށް ބުންޏެވެ. ”⁠މިއަދު މިއީ ސަބަތުގެ ދުވަސް. މިއަދު ކަލޭ ތިޔަ ތަންމަތި އުފުލުމަކީ އަހަރެމެންގެ ގަވާއިދުތަކާއި ޚިލާފުކަމެއް.⁠“


އެމީހުން ބުންޏެވެ. ”⁠ކަލެއަށް ތިހެން ކަންތައް ކުރަން އެންގީ ކާކު؟⁠“


އެއަށް ފަހު ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް ވަރަށް ގިނަ އުނދަގޫތައް ދޭން ފެށިއެވެ. އެއީ އެކަލޭގެފާނު މިފަދަ ކަންތައްތައް ސަބަތުގެ ދުވަހުގައި ކުރައްވަމުން ގެންދަވާތީއެވެ.


މިބަސްފުޅުގެ ސަބަބުން ބަނީއިސްރާއީލު މީހުން އަދި ވަކިން ބޮޑަށް އީސާގެފާނު އަވަހާރަކޮށްލަން މަސައްކަތް ކުރަން ފެށިއެވެ. އެއީ އީސާގެފާނު ސަބަތުގެ ދުވަހުގެ ގަވާއިދާއި ޚިލާފުވެ ވަޑައިގަތީތީ އެވެ. އަދި އެކަލޭގެފާނުގެ ބައްޕައަކީ މާތްރަސްކަލާނގެއޭ ވިދާޅުވީތީ އެވެ. އެގޮތުން އީސާގެފާނު އެކަލޭގެފާނާއި މާތްރަސްކަލާނގެ އާއި އެއްވަރު ކުރެއްވީތީ ވެސް މެއެވެ.


ދެން ފަރީސީން އެމީހާއާއި ސުވާލު ކުރިއެވެ. ”⁠ކަލޭގެ ލޮލަށް އަލިވީ ކިހިނެއްތަ؟⁠“ އެމީހާ ބުންޏެވެ. ”⁠އެމީހާ ލޮލުގައި މަށިކޮޅެއް ހާކައިލި. ދެން އަހަރެން ގޮސް ލޯ ދޮވެލިއިރު އަހަރެންގެ ލޮލަށް ހުރީ އަލިވެފަ.⁠“


ދެން އޭނާ ޖަވާބުގައި ބުންޏެވެ. ”⁠އެ މީހާއަކީ ފާފަވެރިއެއް ކަމެއް ނުވަތަ ނޫންކަމެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަށް އެނގޭ ކަމަކީ ކުރީގައި އަޅުގަނޑަކީ ލޯ އަނދިރި މީހެއް ކަން. ނަމަވެސް މިހާރު އަޅުގަނޑުގެ ލޮލަށް މި ވަނީ އަލިވެފަ ކަން.⁠“


އެމީހާ ޖަވާބުގައި ބުންޏެވެ. ”⁠ތިޔަހެން ވިއްޔާ ތިޔައީ ވަރަށް އަޖައިބުވާ ވަރުގެ ކަމެއް. މި މީހަކީ ކޮންތާނކުން އައި ކާކުކަމެއް ވެސް ތިޔަބޭފުޅުންނަކަށް ނޭނގޭ. އެކަމަކު އެ މީހާ އަޅުގަނޑުގެ ލޮލަށް އަލިކޮށް ދީފި.


ފަރީސީން އެމީހާއަށް ބުންޏެވެ. ”⁠ކަލެއަކީ އުފަންވީ އިރު ވެސް ފާފައިން ފުރިފައި ހުރި މީހެއް. ކަލޭ ތިޔަ އުޅެނީ އަހަރެމެންނަށް ވެސް ކިޔަވައިދޭންތަ؟⁠“ މިހެން ބުނެ އެމީހާ އެ މަރުކަޒުން ނެރެ ބޭރުކޮށްލައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ