ޔޫޙަންނާ 5:14 - ކިތާބުލް މުޤައްދަސާ14 ފަހުން ބައިތުލް މަޤްދިސްގެ ތެރޭން އީސާގެފާނު އެމީހާ ހޯއްދަވައި އެމީހާއަށް ވިދާޅުވިއެވެ. ”އަޑުއަހާ! މިހާރު ކަލޭ ތިޔަވަނީ ގަދަ ވެފަ. ދެން ފާފަކުރުން ހުއްޓާލާ! އެހެން ނޫނީ ތިޔަށް ވުރެ ނުބައި ގޮތެއް ވެސް ދިމާ ވެދާނެ.“ အခန်းကိုကြည့်ပါ။ |
ކަލާނގެވަންތަކަން ގަބޫލުނުކުރާ ފަރާތްތަކުން މާޒީގައި އުފާކުރި ކަންތައްތަކުގައި ތިޔަބައިމީހުންގެ ވަގުތުތައް ވެސް ވަނީ ބޭކާރު ކޮށްލާފައެވެ. ޖިންސީ ފާފަވެރިކަމާއި، ފާޙިޝް އެދުންތަކާއި، މަސްތުވުމާއި، ދިޔޯގެކުޅި ކުޅުމާއި، މަސްތުވުމަށްޓަކައި ބޮޑެތި ޖާފަތްތައް ބޭއްވުމާއި އަދި މާތްރަސްކަލާނގެ ފިޔަވައި އެހެނިހެން ތަކެއްޗަށް އަޅުކަން ކޮށްފައެވެ.