Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 4:9 - ކިތާބުލް މުޤައްދަސާ

9 އެ އަންހެންމީހާ ވަރަށް ބޮޑަށް ހައިރާންވެފައި ބުންޏެވެ. ”⁠އަހަރެން ގާތުން ކަލޭ ފެނަށް ތި އެދުނީ ކަލޭ ތިޔައީ ބަނީއިސްރާއީލު މީހެއް ނޫންތަ؟ އަހަރެން މިއީ ސަމީރިއްޔާގެ އަންހެނެއް.⁠“ ސަމީރިއްޔާގެ މީހުންނާއި ބަނީއިސްރާއީލު މީހުންނާއި ދެމެދު ޒަމާނުއްސުރެ ވަރަށް ބޮޑު ދެކޮޅުވެރި ކަމެއް އޮވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 4:9
12 ပူးပေါင်းရင်းမြစ်များ  

މި ބާރަ އަސްޙާބީންނަށް އީސާގެފާނު އިރުޝާދު ދެއްވައި ފޮނުއްވިއެވެ: ”⁠ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހެއްގެ ކައިރިއަށް ނުދާތި. ނުވަތަ ސަމީރިއްޔާގެ މީހުން ދިރިއުޅޭ އެއްވެސް އަވަށަކަށް ނުދާތި.


އެއަށް ފަހު އެމަގުން ދަތުރުކޮށް ދިޔަ ތިންވަނަ މީހަކު އައި. އޭނާއަކީ ސަމީރިއްޔާ ރަށުގެ މީހެއް. މީނާއަށް މިޒަޚަމު ވެފައިވާ މީހާ ފެނުމުން އޭނާގެ މައްޗަށް ރަޙުމްކޮށް ހަމްދަރުދީވި.


ހަމަ އެ ވަގުތު އެކަލޭގެފާނުގެ އަސްޙާބީން ކާއެއްޗެތި ގަނެގެން އެނބުރި އައެވެ. އެކަލޭގެފާނު އަންހެނަކާއި ވާހަކަދައްކަވަނިކޮށް ފެނުމުން އެމީހުން ހައިރާންވިއެވެ. ނަމަވެސް އޭގެން އެކަކު ވެސް އެކަލޭގެފާނު އެ އަންހެންމީހާ އާއި ވާހަކަދެއްކެވީ ކީއްވެތޯ ނުވަތަ ކޮން ބޭނުމަކު ތޯ ސުވާލެއް ނުކުރެއެވެ.


އެވަގުތު އެމީހުން ހަޅޭއްލަވަން ފެށިއެވެ. ”⁠ކަލޭތީ ސަމީރިއްޔާގެ ޖިންނި މޮޔަވެފައި ހުރި މީހެކޭ އަހަރެމެން ބުނި ބަސް އެއީ ތެދެއް ނޫންތަ؟⁠“


ނަމަވެސް މާތްރޫޙުފުޅު ކަލޭމެންގެ މައްޗަށް ވޮޑިގެންވުމުން ކަލޭމެންނަށް މާތްރޫޙުފުޅުގެ ބާރުލިބޭނެ. އަދި އޭރުން މުޅި ޖެރޫސަލަމުގައާއި، ޖުދެއާކަރައިގެ ތެރޭގައާއި، ސަމީރިއްޔާގައާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް ކަލޭމެން ތިމަންކަލޭގެފާނާއި ބެހޭ ގޮތުން އެންމެންނަށް އަންގައިދީ ފާޅުކޮށް ދޭނެ.⁠“


ޕަތަރަސް އެ އެންމެންނާއި މުޚާޠަބުކޮށް ބުންޏެވެ. ”⁠ކަލޭމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެމެން ބަނީއިސްރާއީލު މީހުންނަށް ބަނީއިސްރާއީލު މީހުން ފިޔަވާ މީހުންނާއި ގުޅުން ބަހައްޓާ އަދި އެމީހުންގެ ގޭގެއަށް ގޮސް އުޅުމަކީ ހުއްދަ ކަމެއް ނޫން. ނަމަވެސް އަހަރެން އެއްވެސް މީހަކާ ދިމާއަށް ނުތާހިރު ހަރާން މީހެކޭ ބުނެގެން ނުވާނެ ކަން މާތްރަސްކަލާނގެ އަހަރެންނަށް އަންގަވާ ހާމަކުރައްވައިފި.


ޖައްފާއަށް ބަޔަކު ފޮނުވާށޭ. އެ ރަށުގައި ޝަމްއޫނު ޕަތަރަސްއޭ ކިޔުނު މީހަކު ވާނެއޭ. އޭނާ ހުންނާނީ އެ ރަށުގެ މީހެއްގެ ގޭގައޭ. އެމީހާގެ ނަމަކީ ވެސް ޝަމްއޫނޭ. އެ ޝަމްއޫނަކީ ގެރި ބަކަރީގެ ހަމުގެ މަސައްކަތް ކުރާ މީހެކޭ. އޭނާގެ ގެ ހުންނާނީ އެ ރަށުގެ އަތިރިމަތީގައޭ.⁠‘


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ