51 އޭނާ ގެޔަށް ދިޔަ މަގުމަތީ އޭނާގެ ނޯކަރުންގެ ބަޔަކު އައިސް އޭނާގެ ދަރިފުޅުގެ ބަލި ފަސޭހަވި ޚަބަރު ދިނެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭ ގެއަށްދޭ. ކަލޭގެ ދަރިފުޅު ގަދަވާނެ.“ އެއޮފިސަރު އީސާގެފާނުގެ ބަސްފުޅު ގަބޫލުކޮށް އެނބުރި އޭނާގެ ގެއަށް ދިޔައެވެ.
އޭނާ އެމީހުންނާއި ސުވާލު ކުރިއެވެ. ”އަހަރެންގެ ދަރިފުޅުގެ ބަލި ރަނގަޅުވާން ފެށީ ކޮންއިރަކު؟“ އެމީހުން ބުންޏެވެ. ”އޭނާގެ ހުންމަޑުވީ އިއްޔެ އެކެއް ޖެހިއިރު.“
އެ ހިނދު އީސާގެފާނު ”ކަލޭގެ ދަރިފުޅު ގަދަވާނެ“ އޭ މިހެން ވިދާޅުވީ އިއްޔެގެ އެކެއްޖެހި އިރުކަން އެއޮފިސަރު ހަނދާން ވިއެވެ. ދެން އޭނާއާއި އޭނާގެ ގޭގައި އުޅޭ ހުރިހާ އެންމެން ވެސް އީސާގެފާނަށް އީމާންވިއެވެ.