Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 4:48 - ކިތާބުލް މުޤައްދަސާ

48 އީސާގެފާނު ވިދާޅުވިއެވެ. ”⁠މުޢުޖިޒާތްތަކާއި އަލާމާތްތައް ނުފެންނަނީސް ކަލޭމެން އަހަރެން ގަބޫލުކޮށް އީމާނެއް ނުވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 4:48
29 ပူးပေါင်းရင်းမြစ်များ  

ފަރީސީންނާއި ސާދުސީންގެ ބަޔަކު އީސާގެފާނު ދަންތުރައެއްގައި ޖެއްސުމުގެ މަގުސަދުގައި އެކަލޭގެފާނުގެ އަރިހަށް އައިސް އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދައްކަވައި ދެއްވުމަށް އެދުނެވެ.


ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މަތިވެރި މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ވެސް މޮޔަހައްދަން އުޅޭނެ.


”⁠އޭނާ އެހެންމީހުން ސަލާމަތް ކޮށްދިން. އެހެނަސް އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ސަލާމަތެއް ނުކުރެވުނު. އޭނާއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމުގައި ވަނީނަމަ، އޭނާ ސަލީބުން ތިރިއަށް ފައިބާނެއެއްނު! އެއަށް ފަހު އަހަރެމެން އެކަން ގަބޫލު ކުރާނަން.


ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި މީހުން ވެސް މޮޔަހައްދަން އުޅޭނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ވިދުވަރަކުން އެޅި ހޮނެއް ފަދައިން އިބިލީސް އުޑުން ބިމަށް ވެއްޓެނިކޮށް އަހަރެން ދުށިން.


ދެން އިބްރާހީމްގެފާނު ވިދާޅުވިއޭ. ’⁠އެމީހުން މޫސާގެފާނާއި އަދި ނަބީބޭކަލުން ވިދާޅުވި ބަސްފުޅުތަކުގެ އަޑުނާހާ އުޅޭ ނަމަ މަރުވެފައިވާ މީހަކު އަލުން ދިރިގެން ދިޔަސް އެމީހުންގެ ހިތާއި އުޅުމެއް ބަދަލެއް ނުކުރާނެއޭ.⁠‘⁠“


އީސާގެފާނު ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެތައް ބަޔަކުމެ ދުއްޓެވެ. ނަމަވެސް އެމީހުން އެކަލޭގެފާނަށް އީމާންވުމަށް އިންކާރުކޮށް ދެކޮޅު ހެދިއެވެ.


މި ދުނިޔޭގައި އެކަކަށް ވެސް ދެއްކިފައިނުވާވަރުގެ މާނަ ފުން މުޢުޖިޒާތްތަކެއް އަހަރެން ދައްކާފައި ނުވާނަމަ އެމީހުން ކުށްވެރިއެއް ނުކުރެވުނީސް. ނަމަވެސް އަހަރެން ކޮށްދިން ހުރިހާ ކަމެއް ދުށުމަށް ފަހު ވެސް އެމީހުން އަހަރެންނާއި އަދި އަހަރެންގެ ބައްޕާފުޅަށް ވެސް ނަފްރަތުކޮށް ރުޅިއާދޭ.


ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް ބުންޏެވެ. ”⁠މިފަދަ ކަންތައްތައް ކުރަން ކަލެއަށް ހުއްދަ ލިބިގެންވާކަން ހާމަ ކޮށްދިނުމަށް ނިކަން އަހަރެމެންނަށް މުޢުޖިޒާތެއް ދައްކަބަލަ!⁠“


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ ތިޔަ އީމާންވީ ކަލޭގެ ލޮލުން މި ކަންތައްތައް ދެކެފައި. މީގެ އެއްވެސް ކަމެއް ނުދެކި އީމާންވެ ގަބޫލު ކުރާނެ މީހުންގެ މައްޗަށް މާބޮޑަށް ރަޙުމަތް ލެއްވިގެންވޭ.⁠“


އެ އޮފިސަރު މީހާ އީސާގެފާނަށް ދެންނެވިއެވެ. ”⁠ސާހިބާ، އަޅުގަނޑުގެ ދަރިފުޅު މަރު ނުވަނީސް އަޅުގަނޑާއި އެކު ވަޑައިގަންނަވާ.⁠“


ޕައުލް އާއި ބަރުނައްބާސް އެ ރަށުގައި ކުޑަ ދުވަސްކޮޅަކު ތިއްބެވެ. އަދި ކެރިގެން މާތްރަސްކަލާނގެ ދެއްވާ ނިޢުމަތްފުޅުގެ ވާހަކަ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް މާތްރަސްކަލާނގެ ދެއްވާ ރަޙުމަތްފުޅާއި މެދު އެ ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަން މީސްތަކުންނަށް އަންގައިދިނުމުގެ ގޮތުން މާތްރަސްކަލާނގެ އެމީހުންނަށް މުޢުޖިޒާތްތަކާއި ހައިރާން ކުރުވަނިވި ކަންތައްތައް ކުރުމުގެ ބާރުދެއްވިއެވެ.


ދެން މި ކަންތައްތަކާ ކުރެވެމުން ދިޔަ ބަހުސް ހުއްޓި އެންމެން ހަމަހިމޭންވެ ޕައުލް އާއި ބަރުނައްބާސް މެދުވެރިކޮށް މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީސްތަކުންގެ މެދުގައި ދެއްކެވި މުޢުޖިޒާތްތަކާ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ވާހަކަތައް އަޑު އެހިއެވެ.


ތިމަންކަލާނގެ އުޑުގައި އަޖައިބުވާ ފަދަ ކަންތައްތަކާއި ބިމުގައި އަލާމާތްތައް ވެސް އެދުވަސްވަރު ދައްކަވާނަމޭ. ދުނިޔޭގައި ލޭ އޮހޮރުމާއި، އަލިފާނާއި ދުން ވާނޭ.


އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.


އެންމެންމެ ވެސް ވަނީ އެދިޔަ މަތިވެރި ކަންތައްތަކުގެ ސަބަބުން ހައިރާން ކަމުން ފުރިފައެވެ. އީސާގެފާނުގެ މަންދޫބުން އެދުވަހު އެތައް މުޢުޖިޒާތަކާއި ހައިރާން ކުރުވަނިވި ކަންތައްތައް ކުރިއެވެ.


އަދި މީސްތަކުންގެ ބަލިތަކަށް ޝިފާ ދެއްވާ މުޢުޖިޒާތްތައް ދައްކަވާ އިނބަރަސްކަލާނގެ މާތް ޚާދިމު އީސާގެފާނު މެދުވެރިކުރައްވާ އިނބަރަސްކަލާނގެ މަތިވެރި ބާރުފުޅު މީސްތަކުންނަށް ދައްކަވާފާނދޭ.⁠“


އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ މެދުގައި އެތައް މުޢުޖިޒާތަކާއި ހައިރާން ކުރުވަނިވި ކަންތައްތަކެއް ކުރަމުން ދިޔައެވެ. އަދި މާތްސާހިބާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުން ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ހަރަމްފުޅުގައިވާ ސުލައިމާނުގެފާނުގެ ފެންޑާ އޭ ކިޔޭ ތަނަށް އެއްތަންވެ ޖަމާވަމުން ގެންދިޔައެވެ.


މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅު އިސްތިފާނުއަށް ދެއްވައި ބަނީއިސްރާއީލު މީސްތަކުންގެ މެދުގައި އެތައް ހައިރާން ކުރުވަނިވި ކަންތަކަކާއި މުޢުޖިޒާތްތައް ވެސް ދެއްކުމުގެ ބާރު އޭނާއަށް ދެއްވިއެވެ.


އަދި އެތައް މުޢުޖިޒާތްތަކަކާއި އަލާމާތްތަކެއް މެދުވެރިކޮށް ބަނީއިސްރާއީލު މީހުން ސަލާމަތްކޮށް މިޞްރުން ނެރެ ބަހުރުލްއަހުމަރުގެ ތެރެއިން ގެންދިއުމަށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ބާރު ދެއްވި. އަދި ހަނަފަސް ސަހަރާގެ ތެރޭގައި ސާޅީސް އަހަރުވަންދެން އެމީހުންގެ ކަންތައްތައް ބަލަހައްޓާ އެމީހުންގެ މައްޗަށް ވެރިކަން ކުރީ އެކަލޭގެފާނު.


މި ބޮޑު ދުޝްމަން ފަރާތް ފައުޅުވެ ޝައިތާނާގެ ފަރާތުން ލިބިފައިވާ ބާރުން އެންމެހާ ބާވަތްތަކުގެ ޙައިރާން ކުރުވާފަދަ ދޮގު މުޢުޖިޒާތްތަކާއި، ނިޝާންތައް ދައްކާނެއެވެ.


އޭގެ އިތުރުން މި ބަސްފުޅުތަކަށް ހެކި ދެއްކެވުމަށް އެތައް ބާވަތެއްގެ މުޢުޖިޒާތްތަކާއި ހައިރާންވާފަދަ އެތައް އަލާމާތްތަކެއް މާތްރަސްކަލާނގެ ދެއްކެވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ގޮތެއްގެ މަތިން އެމީހުންނަށް މާތްރޫޙުފުޅުގެ ހަދިޔާތައް ދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ