Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 4:47 - ކިތާބުލް މުޤައްދަސާ

47 މި އޮފިސަރަށް އީސާގެފާނު ޖުދެއާކަރައިން ގަލީލީއަށް ވަޑައިގެންނެވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ އަރިހަށް އައިސް، އޭނާއާއިއެކު ކަޕަރުނައުމްއަށް ވަޑައިގެން، އޭނާގެ ދަރިފުޅު ފަސޭހަކޮށް ދެއްވުމަށް އެދި އާދޭސް ދެންނެވިއެވެ. އެއީ އޭރު އޭނާގެ ދަރިފުޅު ވަނީ މަރުވާން ކައިރިވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 4:47
12 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އުފަންވެ ވަޑައިގަތީ ޖުދެއާ ކަރައިގެ ބައިތުލަޙަމުގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައެވެ. އީސާގެފާނު އުފަންވެ ވަޑައިގެންނެވުމަށް ފަހު، އިރުމަތީ ސަރަހައްދުން ނަކަތްތެރިންގެ ބަޔަކު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


އޭނާއަށް ނާޒަރަތުގެ އީސާގެފާނު ކަމުގައި އަޑުއިވި އޭނާ ގޮވަން ފެށިއެވެ. ”⁠އޭ އީސާގެފާނު! އޭ ދާއޫދުގެފާނުގެ ދަރިކަލުން! އަޅުގަނޑުގެ މައްޗަށް ރަޙުމްކުރައްވާ!⁠“


ދެން އެމީހުންގެ ތެރެއިން ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިޔަކު އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އޭނާޔާއިއެކު އޭނާގެ ގެއަށް ވަޑައިގަތުމަށް އެދި އާދޭސް ދެންނެވިއެވެ.


މަރުތާ ދެންނެވިއެވެ. ”⁠މާތްސާހިބާ! ކަލޭގެފާނު މިތަނުގައި އަޅުގަނޑުމެންގެ ކާރީގައި ހުރިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް.


މަރިޔަމް ދިޔަ ގޮތަށް ދިޔައީ އީސާގެފާނު ހުންނެވި ތަނަށެވެ. އޭނާއަށް އެކަލޭގެފާނު ފެނުމާއި އެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓި ރޮއިގެންފައި ދެންނެވިއެވެ. ”⁠މާތް ސާހިބާ! ކަލޭގެފާނު މިތާ އަޅުގަނޑުމެންގެ ކާރީގައި ހުންނެވިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް.⁠“


ފަރީސީންނަށް އެކަލޭގެފާނާއި ބެހޭގޮތުން މިޚަބަރު ލިބިއްޖެކަން އެނގިވަޑައިގަތުމުން ޖުދެއާކަރަ ދޫކުރައްވައި އީސާގެފާނު ގަލީލީއާ ދިމާއަށް ވަޑައިގެންނެވިއެވެ.


މިއީ އީސާގެފާނު ޖުދެއާކަރައިން ގަލީލީއަށް ވަޑައިގެން ދެއްކެވި ދެވަނަ ފުންމާނަ މުޢުޖިޒާތެވެ.


ޖައްފާގައި ވީ އީސާގެފާނަށް އީމާންވާ މީހުންނަށް ޕަތަރަސް ލިއްދާގައިވާ ޚަބަރުވަނީ ލިބިފައެވެ. ލިއްދާ އަކީ ޖައްފާ އާއި ވަރަށް ކައިރި ރަށެއް ކަމުން އެމީހުން ޕަތަރަސްގެ ގާތަށް ދެމީހުން ފޮނުވާ ބުންޏެވެ. ”⁠ވީހާ ވެސް އަވަހަކަށް އަހަރެމެންގެ ގާތަށް ޖައްފާއަށް އައިސް ދޭށޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ