Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 4:46 - ކިތާބުލް މުޤައްދަސާ

46 ދެން އީސާގެފާނު ވަޑައިގެންނެވީ އެހިސާބުގެ ރަށެއް ކަމުގައިވާ ޤާނާ އަށެވެ. އެއީ އީސާގެފާނު ފެން، މޭބިސްކަދުރު ދިޔައަށް ހެއްދެވި ރަށެވެ. ކަޕަރުނައުމްގައި ސަރުކާރުގެ މަތީ އޮފިސަރަކު ހުއްޓެވެ. އޭނާގެ ފިރިހެން ދަރިފުޅު ވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 4:46
14 ပူးပေါင်းရင်းမြစ်များ  

އެ ސަރަހައްދުގައި ދިރިއުޅެމުން ދާ ކަންޢާނީންގެ އަންހެނަކު ހަރުއަޑުން އާދޭސް ދަންނަވަމުން އީސާގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”⁠އޭ މާތްސާހިބާ! ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ! ޖިންނިއެއް އަޅުގަނޑުގެ އަންހެން ދަރިފުޅާ އަވަލައިފި. އެކަމުގައި އޭނާ ނުހަނު ވޭން އުފުލަމުން ގެންދޭ.⁠“


އަދި ނާޒަރަތަށް ވަޑައިގެންނެވުމުގެ ބަދަލުގައި ކަޕަރުނައުމް އަވަށަށް ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވިއެވެ. އެއީ ޒަބޫލޫން އާއި ނަފްތާލީ ސަރަހައްދުގެ ތެރެއިން ގަލީލީ ކަނޑުގެ އައްސޭރި ފަށުގައިވާ އަވަށެކެވެ.


އީސާގެފާނު މިފަދައިން ވާހަކަ ދައްކަވަނިކޮށް ދީނީ މަރުކަޒުގެ ވެރިޔަކު އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ އަންހެން ދަރިފުޅު ހަމަ ދެންމެ ނިޔާވެއްޖެ. ނަމަވެސް ކަލޭގެފާނު ވަޑައިގެން އޭނާގެ ގައިގާ ކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލައްވައިފިނަމަ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!⁠“


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ހިތާހިތުން ތިޔަ ކިޔަނީ އަހަންނާ ދިމާލަށް މިހެން ބުނަންކަން އަހަންނަށް އެނގޭ. ’⁠އޭ ބޭސްވެރިޔާއޭ. ކަލޭގެ އަމިއްލަ ބަލި ފަސޭހަކޮށް ބަލާށޭ. ކަލޭ ކަޕަރުނައުމްގައި މުޢުޖިޒާތްތައް ދެއްކިޔޭ ބުނާތީ އިވެއޭ. ވީއިރު މުޢުޖިޒާތްތައް ކަލޭގެ އަމިއްލަ ރަށުގައި ވެސް ދައްކަން ވީނުންހޭ؟⁠‘


އެރަށުގަވީ ރޯމުގެ ސިފައިންގެ މަތީ މީހެއްގެ ނޯކަރުންގެ ތެރެއިން އޭނާއަށް ވަރަށް މުހިންމު އިތުބާރު ކުރެވޭ ނޯކަރަކު ވަރަށް ބޮޑަށް ބަލިވެ މަރަށް ހާޒިރު ވެފައި ވިއެވެ.


އެއީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އޭރު ވަނީ މަރަށް ހާޒިރުވެފައެވެ. އެކުއްޖާއަކީ އުމުރުން ގާތްގަނޑަކަށް ބާރަ އަހަރުގެ ކުއްޖެކެވެ. އީސާގެފާނު މިމީހާއާއިއެކު ވަޑައިގަންނަވަނިކޮށް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުން ފިތި ބާރުވީ ވަރުން އެކަލޭގެފާނަށް ހިނގައި ވަޑައިގަތުމަށް ވެސް ދަތިފުޅުވެ ވަޑައިގެންނެވިއެވެ.


މި ކައިވެނި ޖާފަތުގެ ކަންތަކުން ނިމިގެން އީސާގެފާނު އެކަލޭގެފާނުގެ މަންމާފުޅާއި އެކަލޭގެފާނުގެ ކޮއްކޮއިންނާއި އަދި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ދެތިން ދުވަހަށް ކަޕަރުނައުމްއަށް ވަޑައިގެންނެވިއެވެ.


އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ބަޔަކު އެތާނގައި ތިއްބެވެ. އެއީ ޝަމްއޫނު ޕަތަރަސްއާއި، ވަނަމަކަށް ”⁠ދީދިމޫހު⁠“ އޭ ކިޔޭ ތޯމާސްއާއި، ގަލީލީގެ ޤާނާގެ ނަތާނިއެލްއާއި، ޒަބަދީގެ ދެފިރިހެން ދަރިންނާއި، އަދިވެސް އިތުރު ދެ އަސްޙާބީންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ