Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 4:45 - ކިތާބުލް މުޤައްދަސާ

45 އީސާގެފާނު ގަލީލީއަށް ވަޑައިގަތުމުން އެރަށުގެ މީހުން އެކަލޭގެފާނަށް މަރުޙަބާ ދެންނެވިއެވެ. އެއީ އެކަލޭގެފާނު ފަހަނަޅައި ދިއުމުގެ ޢީދު ފާހަގަކުރާ ދުވަސްތަކުގައި ޖެރޫސަލަމުގައި ކުރެއްވި ކަންތައްތައް އެމީހުންނަށް އެނގިފައިވާތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 4:45
10 ပူးပေါင်းရင်းမြစ်များ  

އެތާނގައި ތިބި ބަޔަކު އީސާގެފާނަށް ދެންނެވިއެވެ. ގަލީލީގެ ބަޔަކު ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނެއް ކުރުމުގައި އުޅެނިކޮށް ޕިލާތުސްގެ އެންގުމަށް އެމީހުން އެތާނގައި ގަތުލުކުރެވުނެވެ. އެކަމުގެ ސަބަބުން އެމީހުންގެ ލެޔާއި އެމީހުން ޤުރުބާން ކުރި ޖަނަވާރުތަކުގެ ލެޔާއި އެއްވިއެވެ.


އީސާގެފާނު އެނބުރި ގަލީލީއަށް ވަޑައިގެންނެވިއިރު މީސްތަކުންގެ ބޮޑުބައިގަނޑެއް އެކަލޭގެފާނާއި ބައްދަލުވުމަށް އެތަނަށް އައިސް ތިއްބެވެ. މިބައިމީހުން އެކަލޭގެފާނަށް މަރުޙަބާ ކިޔެވެ.


ސަމީރިއްޔާގެ މީހުން އެކަލޭގެފާނަށް މަރުޙަބާ ކިއުމަކަށް އެއްބަހެއް ނުވިއެވެ. އެއީ އެކަލޭގެފާނު ވަނީ ޖެރޫސަލަމަށް ވަޑައިގަތުމުގެ މަގުމަތީގައި ކަމަށް ވާތީއެވެ.


ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސްވަރު އީސާގެފާނު ޖެރޫސަލަމުގައި ދެއްކެވި އެތައްއެތައް މުޢުޖިޒާތްތަކާއި އަޖައިބު ކުރުވަނިވި ކަންތައްތަކުގެ ސަބަބުން އެތައް ބަޔަކު އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވައި ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު ކަން ގަބޫލު ކުރިއެވެ.


އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“


މިއީ އީސާގެފާނު ޖުދެއާކަރައިން ގަލީލީއަށް ވަޑައިގެން ދެއްކެވި ދެވަނަ ފުންމާނަ މުޢުޖިޒާތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ