44 އީސާގެފާނު ވިދާޅުވިއެވެ. ”އަމިއްލަ ރަށް ނޫން އެހެން ކޮންމެ ތަނެއްގައި ވެސް ރަސޫލުންނަށް އިޙުތިރާމު ކުރެވޭނެ.“
އެމީހުން މިކަމާ ދެކޮޅުވެ ނުރުހުން ވެގެން އުޅެން ފެށުމުން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ނަބީއަކަށް އޭނާގެ އަމިއްލަ ރަށާއި އާއިލާ ފިޔަވައި އެހެން ހުރިހާތަނަކުން ޢިއްޒަތާ ޤަދަރު ލިބޭނެ.“
އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ނަބީބޭކަލުންނަށް އެބޭކަލުންގެ އަމިއްލަ ވަޒަނާއި އާއިލާ އާއި ގާތްތިމާގެ މީހުންގެ ފަރާތުން ގަދަރެއް ނޯވޭ. އެހެން ހުރިހާ ތަނެއްގައި ވެސް އެބޭކަލުންނަށް ޤަދަރު ލިބިގެންވޭ.“
އަހަރެން ބުނަން ތަ؟ އެއްވެސް ރަސޫލަކު އެމީހެއްގެ އަމިއްލަ ރަށުގެ މީހުންގެ ކުރިމަތީ ދުވަހަކު ވެސް ރަސޫލަކު ކަމުގައި ގަބޫލު ކުރެވިފައެއް ނުވޭ.