43 ދެދުވަހަކު އެރަށުގައި ހުންނެވުމަށް ފަހު އީސާގެފާނު ދަތުރުކުރައްވައި ވަޑައިގެންނެވީ ގަލީލީއަށެވެ.
އަދި ނާޒަރަތަށް ވަޑައިގެންނެވުމުގެ ބަދަލުގައި ކަޕަރުނައުމް އަވަށަށް ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވިއެވެ. އެއީ ޒަބޫލޫން އާއި ނަފްތާލީ ސަރަހައްދުގެ ތެރެއިން ގަލީލީ ކަނޑުގެ އައްސޭރި ފަށުގައިވާ އަވަށެކެވެ.
އަންދުރާއި އީސާގެފާނުގެ އަރިހަށް ޝަމްއޫނު ގެންދިޔައެވެ. އީސާގެފާނު ވަރަށް ފުން ނަޒަރަކުން ޝަމްއޫނުއާއި ދިމާއަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. ”ކަލެއަކީ ޔޫޙަންނާގެ ދަރި ޝަމްއޫނު. ނަމަވެސް މިއަދުން ފެށިގެން ކަލޭގެ ނަމަކީ ކީފާ.“ ކީފާގެ މާނައަކީ ޕަތަރަސްއެވެ.
އެހެންކަމުން ސަމީރިއްޔާގެ މީހުން އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރެން އެދުނީ އެމީހުން ގާތު މަޑުކޮށް ދެއްވުމަށެވެ. ދެން އީސާގެފާނު އެރަށުގައި ދެދުވަހު މަޑުކުރެއްވިއެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”އަމިއްލަ ރަށް ނޫން އެހެން ކޮންމެ ތަނެއްގައި ވެސް ރަސޫލުންނަށް އިޙުތިރާމު ކުރެވޭނެ.“
ދެން އީސާގެފާނު ވަޑައިގެންނެވީ އެހިސާބުގެ ރަށެއް ކަމުގައިވާ ޤާނާ އަށެވެ. އެއީ އީސާގެފާނު ފެން، މޭބިސްކަދުރު ދިޔައަށް ހެއްދެވި ރަށެވެ. ކަޕަރުނައުމްގައި ސަރުކާރުގެ މަތީ އޮފިސަރަކު ހުއްޓެވެ. އޭނާގެ ފިރިހެން ދަރިފުޅު ވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ.