ޔޫޙަންނާ 4:39 - ކިތާބުލް މުޤައްދަސާ39 އެ އަންހެންމީހާ ބުނި ބަސްތަކުގެ ސަބަބުން ސަމީރިއްޔާގެ ވަރަށް ގިނަ ބަޔަކު އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ. އޭނާ ބުނެފައި ވަނީ މިހެންނެވެ. ”މިކަލޭގެފާނަށް އަހަރެން ކޮށްފައިވާ ހުރިހާކަމެއް އެނގޭ.“ အခန်းကိုကြည့်ပါ။ |
އެމީހުން އެ އަންހެންމީހާއަށް ބުންޏެވެ. ”ފުރަތަމަ އަހަރެމެން އެކަލޭގެފާނު ގަބޫލުކުރީ ކަލޭ ދެއްކި ވާހަކަތަކުގެ ސަބަބުން. ނަމަވެސް މިހާރު އަހަރެމެން އެކަލޭގެފާނު ގަބޫލުކޮށް އީމާން މިވީ އަހަރެމެންގެ އަމިއްލަ ކަންފަތަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން. މިހާރު އަހަރެމެންނަށް މުޅިން ޔަޤީންވެ އެނގިއްޖެ އެކަލޭގެފާނަކީ ދުނިޔޭގެ މީސްތަކުން ދިންނަވާނެ ކަލޭގެފާނުކަން.“