Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 4:38 - ކިތާބުލް މުޤައްދަސާ

38 އަހަރެން ކަލޭމެން ފޮނުވީ އެހެން ބަޔަކު އިންދާ ހައްދާފައިވާ ދަނޑުތަކުން ގޮވާންކެނޑުމަށް. އެދަނޑުތަކުގެ މަސައްކަތް ކުރީ އެހެންބަޔެއް. އެކަމަކު އެމީހުން ކުރި މަސައްކަތުގެ ފައިދާ ކަލޭމެންނަށް ފެންނާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 4:38
20 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


މާތްރަސްކަލާނގެ ޔަޙުޔާގެފާނު ފޮނުއްވީ މި އަލިކަމާއި ބެހޭގޮތުން މީސްތަކުންނަށް އަންގައިދީ ހެކިވުމަށެވެ. އަދި އެންމެންނަށް މި އަލިކަމާމެދު އޮޅުންފިލުވާދީ އެކަން ގަބޫލުކުރުމަށް އެހީވުމަށްޓަކައެވެ.


އިނބަރަސްކަލާނގެ އަޅުގަނޑު ވަކި ކަމަކާއިގެން ދުނިޔެއަށް ފޮނުއްވި ފަދައިން އެމީހުން ވެސް އަޅުގަނޑު މިފޮނުވަނީ ވަކި ކަމަކާއިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް.


މީހުން ބުނެއުޅޭ މިބަހަކީ ތެދެއް. ’⁠އެކަކު ގޮވާން އިންދައޭ އަދި އަނެކަކު އެގަސްތަކުން ގޮވާންކަނޑައޭ.⁠‘


އެ އަންހެންމީހާ ބުނި ބަސްތަކުގެ ސަބަބުން ސަމީރިއްޔާގެ ވަރަށް ގިނަ ބަޔަކު އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ. އޭނާ ބުނެފައި ވަނީ މިހެންނެވެ. ”⁠މިކަލޭގެފާނަށް އަހަރެން ކޮށްފައިވާ ހުރިހާކަމެއް އެނގޭ.⁠“


އެދުވަހު ޕަތަރަސް ދެއްކި ވާހަކަތައް ގަބޫލު ކުރި މީހުން ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އެދުވަހު ގާތްގަނޑަކަށް ތިން ހާސް މީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނުގެ މައްޗަށް އީމާންވާ މީހުންގެ ތެރެއަށް އިތުރު ވިއެވެ.


އީސާގެފާނަށް އީމާންވެގެންވީ އެންމެން އެއްބައިވަންތަވެ އެކަކު އަނެކަކާއި ދޭތެރޭ ވަރަށް ގާތްކަން ބާއްވާ އެކުވެރިކަން މަތީ އުޅުނެވެ. އަދި އެކަކުގެ މުދަލާއި ތަކެއްޗަކީ ވެސް އަނެކަކުގެ ވެސް އަމިއްލަ އެއްޗިހި ކަމަށް ދެކި ދީލަތިކަމާއި އެކު އެމީހުންގެ މެދުގައި އެ ތަކެތިން ހަމަހަމަ ގޮތުގައި ބޭނުންކޮށް އުޅުނެވެ.


ނަމަވެސް ޕަތަރަސްއާއި ޔޫޙަންނާ ދެއްކި މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއެހި އެތައް ބަޔަކު، އެބަސްފުޅުތައް ގަބޫލުކޮށް އީމާންވިއެވެ. އެހެން ކަމުން އީމާންވީ މީހުންގެ އަދަދު ގާތްގަނޑަކަށް ފަސްހާހަށް ވުރެވެސް މައްޗަށް އެރިއެވެ.


ކަންމިހެން ހުރި ނަމަވެސް އީސާގެފާނަށް އީމާންވަމުން ދިޔަ މީހުންގެ އަދަދު ގިނަވަމުން ދިޔައެވެ. މިގޮތުން އީމާންވަމުން ދިޔަ މީހުންގެ ފިރިހެނުންނާއި އަންހެނުންގެ ބޮޑުބައިގަނޑެއް ވިއެވެ.


މާތްރަސްކަލާނގެ ބަސްފުޅު ފެތުރެމުން ދިޔައެވެ. އެތައް އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅުތައް އަހާ އެމަގުން އުޅެމުން ގެންދިޔައެވެ. ޖެރޫސަލަމުގައި ވެސް އެބަސްފުޅުތައް ފެތުރެމުން ދިޔައެވެ. އަދި އިމާމުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާތްސާހިބާ އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެން ފެށިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ