ޔޫޙަންނާ 4:36 - ކިތާބުލް މުޤައްދަސާ36 ގޮވާން ކަނޑާ މީހުންނަށް އެކަމުގެ މުސާރަ އެބަ ލިބޭ. އެމީހުން އެ އެއްކުރާ ގޮވާމަކީ ނިމުންނުވާ ޙަޔާތަށްޓަކައި އެއްކުރެވޭ މީސްތަކުން. އެހެން ކަމުން ގޮވާން އިންދި މީހުންނާއި އަދި ގޮވާން ކަނޑަން މަސައްކަތް ކުރާ މީހުންނާއި ދެބައިމީހުންމެ އެކުއެކީ އުފާފާޅުކުރާނެ. အခန်းကိုကြည့်ပါ။ |
ހަމައެހެންމެ ތިޔަބައިމީހުންގެ ތެރެއިން އަހަންނަށްޓަކައި އެއްވެސް މީހަކު އަމިއްލަ ގެދޮރު ނުވަތަ އަޚުން ނުވަތަ އުޚުތުން ނުވަތަ ބައްޕަ ނުވަތަ މަންމަ ނުވަތަ ދަރިން ނުވަތަ ދަނޑުފަނގުތައް ދޫކޮށްލަން ޖެހިއްޖެ ނަމަ، އެމީހަކު ދޫކޮށްދިޔަ ތަކެއްޗަށް ވުރެން ސަތޭކަ ގުނަ އިތުރަށް ލިބިދެއްވާނެ. އަދި އެމީހަކަށް ނިމުންނުވާ ޙަޔާތެއް ވެސް ލިބިދޭނެ.