Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 4:3 - ކިތާބުލް މުޤައްދަސާ

3 ފަރީސީންނަށް އެކަލޭގެފާނާއި ބެހޭގޮތުން މިޚަބަރު ލިބިއްޖެކަން އެނގިވަޑައިގަތުމުން ޖުދެއާކަރަ ދޫކުރައްވައި އީސާގެފާނު ގަލީލީއާ ދިމާއަށް ވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 4:3
11 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންނާއި މެދުގައި އަވަށަކުން އަނިޔާވެރި ގޮތަކަށް އަމަލުކޮށްފިނަމަ، އަނެއް އަވަށަކަށް އަވަހަށް ދޭ. އަހަރެން މިބުނަނީ ތެދެއް. ބަނީއިސްރާއީލުގެ ހުރިހާ އަވަށަކަށް ތިޔަބައިމީހުން ގޮސް ނުނިމުނީސް އިންސާނާގެ ދަރިކަލުން އަންނާނެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއިއެކު ގަލީލީ ކަނޑަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ފަހަތްޕުޅުން ގިނަ ޢަދަދެއްގެ ބަޔަކު ދިޔައެވެ. އެބައިމީހުންގެ ތެރޭގައި ގަލީލީންނާއި ޖުދެއާއިންނާއި، ޖެރޫސަލަމުންނާއި، އިދުމެއާގެ ސަރަހައްދުންނާއި، އުރުދުން ކޯރުގެ އިރުމަތީ ރަށްތަކުގެ އިތުރުން، އެ ސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގެ ތެރެއިން ޞޫރާއި ޞައިދޫންގެ އަހުލުވެރިން ވެސް ވިއެވެ. މިބައިމީހުން އީސާގެފާނުގެ އަރިހަށް އައި ސަބަބަކީ އެކަލޭގެފާނު ކުރައްވަމުން ގެންދަވާ މުޢުޖިޒާތީ ކަންތައްތަކުގެ ޚަބަރު ލިބުމުންނެވެ.


އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވަން ސަމީރިއްޔާ އާއި ގަލީލީ އާއި ދެ ސަރަހައްދު ދޭތެރެއިން ދަތުރުފުޅު ކުރެއްވިއެވެ.


އަނެއްދުވަހު އީސާގެފާނު ގަލީލީ ސަރަހައްދަށް ވަޑައިގަތުމަށް ގަސްތުކުރައްވައި ވަޑައިގެންނެވިއެވެ. އެތާނގައި އީސާގެފާނު ފިލިޕުއާއި ބައްދަލު ކުރެއްވިއެވެ. އެވަގުތު އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކު އާދޭ.⁠“


އެތަނުން އެކަލޭގެފާނު އުރުދުން ކޯރު ހުރަސްކުރައްވައި ވަޑައިގެންނެވީ އެންމެ ފުރަތަމަ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ހިސާބަށެވެ. ދެން އީސާގެފާނު އެތާނގައި މަޑުކުރެއްވިއެވެ.


އެހެންކަމުން އީސާގެފާނު އާންމު ތަންތަނަށް ދިއުން ހުއްޓާލައްވައި ޖެރޫސަލަމުން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު މީހުން ނޫޅޭ ހަނަފަސް ސަހަރާގެ ކައިރީ ހިސާބެއްގެ ރަށެއް ކަމުގައިވާ އެފުރައީމަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު އެތާނގައި މަޑުކުރެއްވިއެވެ.


މިކަން ހިނގީ ގަލީލީގެ ޤާނާގައެވެ. އީސާގެފާނު ދެއްކެވި އެންމެފުރަތަމަ މާނަފުން މުޢުޖިޒާތަކީ މިއީއެވެ. އެތާނގައި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުކަން ދެއްކެވިއެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް އީމާންވިއެވެ.


މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖުދެއާގެ ބައިމަދު ހިސާބުގަނޑަކަށް ވަޑައިގެންނެވިއެވެ. އަދި އެތާނގައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވުމަށް ދުވަސްކޮޅަކު މަޑުކުރެއްވިއެވެ.


އެކަލޭގެފާނު އެ ވިދާޅުވަނީ އެކަލޭގެފާނު ލޯފުޅުން ދެކެވަޑައިގެން އަތްޕުޅުން ހިއްޕަވާފައިވާ ކަންތަކެއްގެ ވާހަކަ. އެކަމަކު އެކަކު ވެސް އެ ބަސްފުޅެއް ގަބޫލެއް ނުކުރޭ.


މި އޮފިސަރަށް އީސާގެފާނު ޖުދެއާކަރައިން ގަލީލީއަށް ވަޑައިގެންނެވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ އަރިހަށް އައިސް، އޭނާއާއިއެކު ކަޕަރުނައުމްއަށް ވަޑައިގެން، އޭނާގެ ދަރިފުޅު ފަސޭހަކޮށް ދެއްވުމަށް އެދި އާދޭސް ދެންނެވިއެވެ. އެއީ އޭރު އޭނާގެ ދަރިފުޅު ވަނީ މަރުވާން ކައިރިވެފައެވެ.


މިއަށް ފަހު އީސާގެފާނު ގަލީލީ ސަރަހައްދުގައި އެއް ރަށުން އަނެއް ރަށަށް ހިންގަވާފައި ދަތުރު ކުރައްވަމުން ވަޑައިގެންނެވިއެވެ. ބަނީ އިސްރާއީލުންގެ ވެރިން އޭރު ބޭނުންވެފައި ތިބީ އެކަލޭގެފާނު އަވަހާރަކޮށްލުމަށެވެ. އެހެންކަމުން އެކަލޭގެފާނު ބޭނުންފުޅުވީ މި ވަގުތު ޖުދެއާ ތެރޭން ދަތުރު ނުކުރެއްވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ