28 އެ އަންހެންމީހާ އޭނާ ފެން ބަލާ ގެނައި ބަނޑިޔާ ވެސް އެތާނ ބަހައްޓާފައި ދުވަމުން ރަށުތެރެއަށް ގޮސް ރަށުމީހުންގާތު ބުންޏެވެ.
އެ އަންހެނުން އަވަހަށް އެ ޒިޔާރަތް ދޫކޮށް ދިޔައެވެ. އެބައިމީހުން ތިބީ ވަރަށް ބިރުންނެވެ. އެހެނަސް އެބައިމީހުން ނުހަނު އުފާ ވެސް ވިއެވެ. އެ ބައިމީހުން ދުވެ ގޮސް އީސާގެފާނުގެ އަސްޙާބީންނަށް ހިނގައި ދިޔަ މި ޙާދިސާތަކުގެ ވާހަކައިން ޚަބަރު ދިނުމަށް ނިންމިއެވެ.
އެމީހުން ހަމަ އެވަގުތު ޖެރޫސަލަމަށް އެނބުރި އައުމަށް ދަތުރު ފެށިއެވެ. މި ދެމީހުން އެނބުރި އައިރު އެގާރަ އަސްޙާބީންނާއި އެމީހުންނާއި އެކުގައި ވީ އެންމެން އެއްތާކު ތިއްބާ ދިމާވިއެވެ.
ދެން މިމީހުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ފަރުބަދައިގައި ހަދައިފައިވާ ހޮހަޅައިން އެނބުރި ޖެރޫސަލަމަށް ގޮސް މިކަންތައްތައް ދިމާވި ހުރިހާ ގޮތެއްގެ ވާހަކަ އެގާރަ އަސްޙާބީންނަށާއި އެތާ ތިބި އެހެން މީހުންނަށް ކިޔާދީފިއެވެ.
ހަމަ އެ ވަގުތު އެކަލޭގެފާނުގެ އަސްޙާބީން ކާއެއްޗެތި ގަނެގެން އެނބުރި އައެވެ. އެކަލޭގެފާނު އަންހެނަކާއި ވާހަކަދައްކަވަނިކޮށް ފެނުމުން އެމީހުން ހައިރާންވިއެވެ. ނަމަވެސް އޭގެން އެކަކު ވެސް އެކަލޭގެފާނު އެ އަންހެންމީހާ އާއި ވާހަކަދެއްކެވީ ކީއްވެތޯ ނުވަތަ ކޮން ބޭނުމަކު ތޯ ސުވާލެއް ނުކުރެއެވެ.
”އަހަރެން ކުރިއްޔާ ކުރި ހުރިހާކަމެއް އެނގޭ މީހަކާ ދިމާވެއްޖެ. އެމީހާ ދެކެން ނިކަން ހިނގާބަލަ. އަނެއްކާ އެމީހާ އެއީ އަލްމަސީޙަށް ވެސް ވެދާނެ ކަން ނޭނގެއެންނު.“
އެކަލޭގެފާނު އިންނެވީ ގިނިކަންޏާއެވެ. އޭރު އެކަލޭގެފާނުގެ އަސްޙާބީން ވީ ކާނޭ އެއްޗެއް ގަތުމަށްޓަކައި ރަށުތެރެއަށް ގޮހެވެ. އިރުކޮޅެއް ވީތަނާ އެތަނަށް ސަމީރިއްޔާގެ އަންހެނަކު ފެން ބަލާ އައެވެ. އެކަލޭގެފާނު އެ އަންހެންމީހާއަށް ވިދާޅުވިއެވެ. ”އަހަރެންނަށް ފެންފޮދެއް ދީބަލަ.“