ޔޫޙަންނާ 4:23 - ކިތާބުލް މުޤައްދަސާ23 ނަމަވެސް އެދުވަހެއް އެބައާދޭ. އަދި ކީއް! އެދުވަސް މީހާރު ވެސް މި ވަނީ އައިސްފަ. އެދުވަހަކުން ތެދުވެރި އަޅުވެރިން، އުޑުގައިވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރާނީ މާތްރޫޙުފުޅު ދައްކަވާ ތެދުމަގުން. މާތްރަސްކަލާނގެ ހޯއްދަވަނީ އެފަދައިން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ މީހުން. အခန်းကိုကြည့်ပါ။ |
އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.
ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.