Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 4:22 - ކިތާބުލް މުޤައްދަސާ

22 ކަލޭމެން ސަމީރިއްޔާގެ މީހުންނަށް މާތްރަސްކަލާނގެއާއި މެދު އެނގެނީ ވަރަށް ކުޑަ އެއްޗެއް. އެކަމަކު އަހަރެމެން ބަނީއިސްރާއީލު މީހުން މާތްރަސްކަލާނގެ ދަންނަން. އެއީ އިންސާނުން ދިންނަވާނެ ފަރާތް ފޮނުއްވޭނީ ބަނީއިސްރާއީލު މީހުންގެ ތެރޭން ކަމަށް ވާތީ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 4:22
20 ပူးပေါင်းရင်းမြစ်များ  

”⁠ޔަހޫޛާގެ ދަރިފަސްކޮޅުން ރަސްރަސްކަލުން ވަޑައިގަންނަވާނެ. އަބަދުވެސް ތަޚުތުގައި އޭނާގެ ދަރިފަސްކޮޅުގެ މީހަކު ވެޑުވިގެންވާނެ. އެ ރަސްކަމުގެ ޙައްޤުވެރިޔާ އައުމަށް ދާންދެން ޔަހޫޛާ ވެރިކަން ކުރާނެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތައް އެރަސްގެފާނަށް ކިޔަމަންތެރިވާނެމެ.⁠“


އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން.


އެއީ އަހަރެން މި ރަށުތެރެ ބަލާލަން ދިޔަ ދިއުމުގައި ތިޔަބައިމީހުން އަޅުކަން ކުރާ ކަލާނގެތަކަށް ޚާއްސަކުރެވިފައިވާ އެތައް މަޤާމުފުޅުތަކެއް އަހަރެން ދެކުނީމޭ. އަދި އޭގެން އެއް މަޤާމުފުޅެއްގައި ’⁠އެކަލާނގެއަކާއި މެދު އަހަރެމެންނަށް ނޭނގޭ ކަލާނގެ⁠‘ މި ފަދައިން ލިޔެވިގެންވާ މަޤާމުފުޅެއް ވެސް އަހަރެން ދެކުނީމޭ. މި ކަލާނގެއަށް ކަލޭމެން މި ހުރިހާ ދުވަހު އަޅުކަން ތި ކުރަނީ އެކަލާނގެއަކީ ކޮބާ ކަން ނޭނގި ތިބެއޭ އަހަރެން މީސްތަކުންނަށް އަންގައިދެމުން މި ދަނީ މި ކަލާނގެއާއި ބެހޭ ގޮތުންނޭ.


މި ވީހާ ތަނަށް މާތްރަސްކަލާނގެ މީސްތަކުން ކުރަމުން ދިޔަ މި ފަދަ ޖާހިލު ކަންތަކާ މެދު އަޅާނުލައްވާ ދޫކޮށްލެއްވި ނަމަވެސް، މިހާރު އެކަލާނގެ ދުނިޔޭގެ އެންމެ ހާ މީސްތަކުންނަށް އަމުރުކުރައްވަނީ ފާފަކުރުން ހުއްޓާލާ، އެކަލާނގެ ކިބަފުޅަށް އެނބުރުމަށޭ.


މާތްރަސްކަލާނގެ ފޮނުއްވި މި ޚާއްސަ ކުރެއްވި ފަރާތް ފުރަތަމަ އެ ފޮނުއްވީ ކަލޭމެންގެ ކައިރިއަށް، ކަލޭމެންގެ މައްޗަށް ރަޙުމަތް ލެއްވުމަށް. އެއީ އެކަލާނގެ އެދިވޮޑިގެންވަނީ ކަލޭމެން އެންމެން ވެސް ފާފައިގެ މަގުން އެނބުރި ނުބައިކަންތަކުން ދުރުވުން.⁠“


އެކަލޭގެފާނަކީ ޔަހޫޛާގެ ދަރިކޮޅުން ވަޑައިގަތް ބޭކަލެއްކަމީ އެންމެންނަށް ވެސް ސާފުވެފައި އޮންނަކަމެކެވެ. އިމާމުންނާ ބެހޭ ވާހަކައިގެ ތެރެއަކު ޔަހޫޛާގެ ގަބީލާގެ ވާހަކައެއް މޫސާގެފާނު ވިދާޅެއް ނުވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ