ޔޫޙަންނާ 4:14 - ކިތާބުލް މުޤައްދަސާ14 އެކަމަކު އަހަރެން ދޭ ފެން ބޮއެފި މީހަކު އިތުރު ފެނަކަށް ބޭނުމެއް ނުވާނެ. އަހަރެން މި ދޭ ފެން ބޮއެފި މީހެއްގެ ހިތުތެރޭގައި ފައްވާރާއެއް ހެން ތާޒާފެން އާރެއް އުތުރި އަރައި ގަންނާނެ. އެ ފެނުގެ ސަބަބުން އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.“ အခန်းကိုကြည့်ပါ။ |
ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.“
މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.