Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 4:11 - ކިތާބުލް މުޤައްދަސާ

11 އެ އަންހެންމީހާ ބުންޏެވެ. ”⁠ސާހިބާ އެކަމަކު މި ވަޅަކީ ވަރަށް ބޮޑު އަދި އެހާމެ ފުންވަޅެއް. އަދި ތިޔަބޭފުޅާގެ އަތުގައި ވަލެއް ނުވަތަ ބާލިދީއެއް ވެސް ނެތް. ވީއިރު ތިޔަބޭފުޅާ ފެން ނަންގަވާނީ ކިހިނެއް؟

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 4:11
10 ပူးပေါင်းရင်းမြစ်များ  

ތިޔަ ވިދާޅުވީ ކީކޭތޯ ނިކޮދޭމު ހައިރާންވެފައި ދެންނެވިއެވެ. ”⁠ކިހިނެއްތަ ވިހާބޮޑުވެފައި ހުރި މީހަކު އަލުން އުފަން ވުމަށް އޭނާގެ މަންމަގެ ބަނޑުތެރެއަށް ވަދެވޭނީ؟⁠“


އެކަމަކު އަހަރެން ދޭ ފެން ބޮއެފި މީހަކު އިތުރު ފެނަކަށް ބޭނުމެއް ނުވާނެ. އަހަރެން މި ދޭ ފެން ބޮއެފި މީހެއްގެ ހިތުތެރޭގައި ފައްވާރާއެއް ހެން ތާޒާފެން އާރެއް އުތުރި އަރައި ގަންނާނެ. އެ ފެނުގެ ސަބަބުން އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.⁠“


އެ ޢީދުގެ އެންމެ ފަހު އަދި އެންމެ މުހިންމު ދުވަހު އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައި އިންނަވާފައި އެންމެންގެ މެދަށް ކޮޅަށް ތެދުވެ ވަޑައިގެން ވަރަށް ބާރަށް ވިދާޅުވިއެވެ. ”⁠ފެން ބޮވައިގެންފައިވާ މީހަކު ވާނަމަ އެމީހަކު އަހަރެންގެ ގާތަށް އައިސް ފެން ބޮއެ!


ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠ނޫން މާތްސާހިބާ. އަޅުގަނޑު ދުވަހަކު ވެސް ކެއުމަށް ނުތާހިރު ހަރާން ކުރެވިފައިވާ ކާއެއްޗިއްސެއް ނުކަން.⁠“


ތަޚުތުގައި އިށީނދެ ވަޑައިގެން އިންނެވި ފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”⁠ހުރިހާ ކަމެއްމެ ނިމިއްޖެ. އަހަރެންނަކީ އަލްފާ އަދި އޮމޭގާ. ފެށުމާއި ނިމުން ވެސް. ކަރުހިއްކައިގަނެފައިވާ ކޮންމެ މީހަކަށް ޙަޔާތުގެ ދިރުންދޭ ފެން އާރުން އަގަކާއި ނުލައި އަހަރެން ފެން ދޭނަން.


ސާފު ބިއްލޫރި ފަދައިން އަލިކަން ހުރި ޙަޔާތުގެ ދިރުން ލިބިދޭ ފެންކޯރު އެ މަލާއިކަތާ އަހަރެންނަށް ދެއްކެވިއެވެ. އަދި އެ ކޯރު އައީ މާތްރަސްކަލާނގެ ތަޚުތުކޮޅުންނާއި ޅަކަންބަޅީގެ ފަރާތުންނެވެ.


މާތްރަސްކަލާނގެ މާތްރޫޙުފުޅާއި އަދި އަލަތު އަނބިމީހާ ވިދާޅުވިއެވެ. ”⁠އާދޭ!⁠“ މިތަކެތި އަޑުއިވިގެންވާ ހުރިހާ އެންމެން ވެސް ކިޔާށެވެ. ”⁠އާދޭ!⁠“ ކަރު ހިއްކައިގަނެފައި ވާނަމަ ތިބާ އަންނާށެވެ. ޙަޔާތް ލިބިދޭ ފެނަށް އެދިގެންވާ ކޮންމެ ފަރާތަކުން އައިސް އެ ފެން ހޯދާށެވެ. އެ ފެނަކީ ހިލޭ ލިބިދޭނެ އެއްޗެއްމެއެވެ!


ތަޚުތުގެ މެދުގައި ހުރި ޅަކަންބަޅިއަކީ އެބައިމީހުން ހުއިހައްޕާ މީހާ. އަދި އެފަރާތުން ޙަޔާތުގެ ދިރުން ދެއްވާ ފެންއާރުތަކަށް ދާމަގު އެބައިމީހުންނަށް ދައްކުވައި ދެއްވާނެ. އަދި އެބައިމީހުންގެ ލޮލުން އަންނަ ކޮންމެ ކަރުނަ ތިއްކެއް މާތްރަސްކަލާނގެ ފޮހެދެއްވާނެމެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ