Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 3:9 - ކިތާބުލް މުޤައްދަސާ

9 ”⁠ތިޔަ ކަންތައްތައް ތިހެން ވާނީ ކިހިނެއް؟⁠“ ނިކޮދޭމު އީސާގެފާނަށް ދެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 3:9
9 ပူးပေါင်းရင်းမြစ်များ  

ހެޔޮލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ފަތިހުގެ އަލިކަން ފާޅުވީއްސުރެން މެންދުރާ ހަމަޔަށް އަލިގަދަ ވަމުން ދާ ގޮތުގެ މިސާލެވެ.


މަރިޔަމްގެފާނު މި މަލާއިކަތާއަށް ދެންނެވިއެވެ. ”⁠ތިޔަވިދާޅުވި ހުރިހާ ކަންތައްތައް ވާނީ ކިހިނަކުން ތޯ؟ އަޅުގަނޑު އަދި މީހަކާ ވެސް ނީންނަން. އަޅުގަނޑަކީ އަދި ބިކުރުވެރި އަންހެނަކީން.⁠“


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ތިޔައީ ބަނީއިސްރާއީލުގެ މޮޅު، މަތީ ދަންނަބޭކަލެއް. އެކަމަކު ކަލެއަކަށް މިއިން އެއްވެސް ކަމެއް ނުވިސްނުނު ތަ؟


ތިޔަ ވިދާޅުވީ ކީކޭތޯ ނިކޮދޭމު ހައިރާންވެފައި ދެންނެވިއެވެ. ”⁠ކިހިނެއްތަ ވިހާބޮޑުވެފައި ހުރި މީހަކު އަލުން އުފަން ވުމަށް އޭނާގެ މަންމަގެ ބަނޑުތެރެއަށް ވަދެވޭނީ؟⁠“


ވައިޖެހެނީ އެޖެހޭނެ ދިމާލަކުން. އެވައި ޖެހެމުން ދާ އަޑު އިވޭ. އެކަމަކު އެ އަންނަނީ ކޮންތާނކުން ކަމެއް، ނުވަތަ އެދަނީ ކޮންތާނކަށް ކަމެއް، އެކަކަށް ވެސް ނޭނގޭ. ހަމަ އެފަދައިން މީހަކު މާތްރޫޙުން އުފަންވަނީ ކިހިނެއް ކަމީ ވެސް އެއީ އޮޅުންފިލުވާދީ ބުނެދެވޭފަދަ ކަމެއް ނޫން.⁠“


މިބަސްތަކުގެ ސަބަބުން އެއްވެ ތިބި މީހުންގެ ރުޅި ގަދަވެގެން ޒުވާބު ކުރަން ފެށިއެވެ. އެމީހުން ބުންޏެވެ. ”⁠މި މީހާއަށް އޭނާގެ ހަށިގަނޑު އަހަރެމެންނަށް ކާންދެވޭނީ ކިހިނެއް؟⁠“


އީސާގެފާނުގެ ގިނަ އަސްޙާބީން މިބަސްތަކުގެ އަޑުއަހާފައި ބުންޏެވެ. ”⁠މިއަކީ ޤަބޫލުކުރެވޭ ކަހަލަ ވާހަކައެއް ނޫން. ކާކަށް މިވާހަކަ ބަލައިގަނެވޭނީ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ