ޔޫޙަންނާ 3:31 - ކިތާބުލް މުޤައްދަސާ31 ”އެކަލޭގެފާނު ވަޑައިގެންނެވީ އެންމެ މަތިން. ނަމަވެސް އަހަރެންނަކީ މި ދުނިޔޭގެ މީހެއް. އަދި އަހަރެންނަށް އެނގެނީ ވެސް މި ދުނިޔޭގެ ކަންތައްތައް. ނަމަވެސް އެކަލޭގެފާނު ވަޑައިގެންނެވީ ސުވަރުގެއިން. އެހެން އެއްވެސް މީހަކަށް ވުރެ އެކަލޭގެފާނުގެ މަތިވެރިކަން ބޮޑު. အခန်းကိုကြည့်ပါ။ |
ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ އެންގެވި ހެޔޮޚަބަރުފުޅަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައި ވާ އީސާ އަލްމަސީޙު މެދުވެރިކޮށް އިންސާނުންނާއި މާތްރަސްކަލާނގެއާއި ދެމެދު ސުލްޙައާއި ހަމަޖެހުން ގާއިމު ވި ކަމުގެ ޚަބަރުފުޅޭ. އީސާގެފާނަކީ އެންމެންގެ ވެސް ވެރި މާތްސާހިބާއޭ.