Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 3:26 - ކިތާބުލް މުޤައްދަސާ

26 ދެން ޔަޙުޔާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. އުރުދުން ކޯރުގެ އަނެއްފަރާތުގައި ކަލޭގެފާނާއި ބައްދަލުވި، އަދި އެމީހަކާއި މެދު ކަލޭގެފާނު ވަރަށް ގިނަ ވާހަކަތައް ދެއްކެވި ކަލޭގެފާނު ވެސް މީސްތަކުން ހިނަވަމުން އެބަގެންދަވާ. އަދި މީސްތަކުން އަޅުގަނޑުމެންގެ ގާތަށް އައުމުގެ ބަދަލުގައި އެދަނީ އެކަލޭގެފާނުގެ އަރިހަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 3:26
23 ပူးပေါင်းရင်းမြစ်များ  

މީސްތަކުން އެބައިމީހުންނާއި ސަލާމްކުރުމަށާއި ބާޒާރުމަތީގައި އެބައިމީހުންނަށް މިސްތަކުން ގަދަރުކުރުމަށް އެބައިމީހުން ލޯބިކުރާނެ. އަދިހަމައެހެންމެ، މީސްތަކުން އެބައިމީހުންނަށް ’⁠އެދުރުކަލޭގެ⁠‘ ނަމުން މުޚާތަބު ކުރުމަކީ ވެސް އެބައިމީހުން ނުހަނު ލޯބިކުރާ ކަމެއް.


އެހެނަސް ތިޔަބައިމީހުން ’⁠އެދުރުކަލޭގެ⁠‘ ނަމުން އިތުރު ބަޔަކަށް މުޚާތަބު ކޮށްގެންނުވާނެ. ސަބަބަކީ ތިޔަބައިމީހުންނަށް ލިބިގެން ވަނީ އެންމެ އެދުރެއް. އަދި ތިޔަބައިމީހުންނަކީ އެކުގައިވާ އަޚުންނާއި އުޚުތުން.


އެއްވެފައި ތިބި މީހުންނަށް ގޮވައި ޔަޙުޔާގެފާނު މިކަން އިޢުލާން ކުރެއްވި އެވެ. ”⁠އަހަރެން ބުނަމުން އައީ މިކަލޭގެފާނެއްގެ ވާހަކައެވެ. އަހަރެން ބުނިން، ’⁠އަހަރެންގެ ފަހަތުން އަހަންނަށް ވުރެން މާ މަތިވެރި ބޭކަލަކު އެބަ ވަޑައިގަންނަވައޭ، އެބޭކަލަކީ އަހަންނަށް ވުރެ މާ ކުރީގައި ވެސް އުޅުއްވި ބޭކަލެކޭ.⁠‘⁠“


މާތްރަސްކަލާނގެ ޔަޙުޔާގެފާނު ފޮނުއްވީ މި އަލިކަމާއި ބެހޭގޮތުން މީސްތަކުންނަށް އަންގައިދީ ހެކިވުމަށެވެ. އަދި އެންމެންނަށް މި އަލިކަމާމެދު އޮޅުންފިލުވާދީ އެކަން ގަބޫލުކުރުމަށް އެހީވުމަށްޓަކައެވެ.


އެންމެންނަށް އަލިކަން ދެއްވާނެ ފަރާތް ކަމަށްވާ އަސްލު އަލިކަމުގެ ވެރިޔާ އޭރު ވަނީ ވަޑައިގަންނަވަން ކައިރިވެފައެވެ.


އަހަރެމެން މިމީހާ ނުހުއްޓުވައިފި ނަމަ އިސާހިތަކު ހުރިހާ އެންމެން އޭނާ ގަބޫލުކޮށް އީމާންވެދާނެ. އޭރުން ރޯމުގެ ސަރުކާރު އަހަރެމެންގެ ބައިތުލް މަޤްދިސްއާ އަދި އަހަރެމެންގެ ޤައުމު ވެސް ނެތިކޮށްލާނެ.⁠“


މިތަންދެކެ ފަރީސީން ބުންޏެވެ. ”⁠އަހަރެމެން ބަލިވެއްޖެ. ނިކަން ދެކިބަލަ މުޅި ދުނިޔޭގެ އެންމެން އޭނާގެ ފަހަތުން އެއޮތް ދަނީ!⁠“


އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“


އީސާގެފާނު ޔަޙުޔާގެފާނަށް ވުރެވެސް ގިނަ މީހުން ތައުބާގެ ހިނެވުން ހިނަވަމުން ގެންދަވާ ކަމަށް ފަރީސީންނަށް އިވިއްޖެކަން އީސާގެފާނަށް އެނގިވަޑައިގެންފިއެވެ.


ނަމަވެސް އީސާގެފާނު އެއްވެސް މީހަކު ހިނަވައެއް ނުދެއްވައެވެ. އެކަން ކުރަމުން ދިޔައީ އެކަލޭގެފާނުގެ އަސްޙާބީންނެވެ.


އެވަގުތު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނު ގާތު ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، ކޮންމެވެސް އެއްޗެއް ފަރީއްކުޅުއްވަން ވީ ނޫންތޯ؟⁠“


ޔަޙުޔާގެފާނުގެ އަރިހަށް ކަލޭމެން މީހުން ފޮނުވީމު. އަދި އެކަލޭގެފާނު ތެދުބަހުން ކަލޭމެންގެ ސުވާލުތަކަށް ޖަވާބުދެއްވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ