Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 3:25 - ކިތާބުލް މުޤައްދަސާ

25 އެތަނުގައި ޔަޙުޔާގެފާނުގެ އަސްޙާބީންގެ ބަޔަކާއި ބަނީއިސްރާއީލު މީހަކާ ދެމެދު ދީނީ ގޮތުން ސާފުތޯހިރުވުމަށް ހިނައިގަނެވޭ ހިނައިގަތުންތަކާއި ބޭހޭގޮތުން ޒުވާބެއް ހިނގިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 3:25
9 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.


ކަލޭމެން މާތްރަސްކަލާނގެ އަމުރުފުޅު އެއްކިބާކޮށް ތަބާވާނީ ކަލޭމެންގެ އަމިއްލަ ބުނެދިނުންތަކުގެ މައްޗަށް.⁠“


ބަނީއިސްރާއީލު މީހުން ދީނީގޮތުން ސާފުތޯހިރު ވެގަތުމަށް ވަރަށް ގިނަ ގަވާއިދުތަކެއް ގެންގުޅެއެވެ. އެގޮތުން އެފަދައިން ސާފުތޯހިރުވުމަށް ބޭނުން ކުރުމަށް ފެން އަޅާފައި ހުންނަ ޒާތުގެ ހިލައިގެ ހަ ރުނބާ އެތާނގައި ހުއްޓެވެ. އޭގެ ކޮންމެ ރުނބަޔަކަށް ވިހިތިރީސް ގެލަނުގެ ފެން އެޅޭ ވަރުވެއެވެ.


އަދި ތައުބާގެ ހިނައިގަތުމާއި ގައިގައި އަތް ޖެއްސުމާއި އަލުން ދިރި މަހުޝަރަށް ގެންދެވުމާއި، ހިސާބުބެއްލެވޭނެ ކަމުގެ ވާހަކަ އަލުން ނުދައްކަމާހެއްޔެވެ؟


އަހަރެމެންގެ ކެއުމާއި ބުއިމާއި އަދި އަހަރެމެން ތާހިރުވެގަތުމަށް ބާއްވާ އެކިއެކި މުނާސަބާތަކާއި އަދި މާއްދީ ގޮތުން ފާހަގަކޮށް އުޅޭ ބޭރުފުށުގެ ޤާނޫނުތަކަކީ އެއަށް ވުރެން ރަނގަޅު ގޮތެއް އަންނަންދެން ކުރަމުން ގެންދިޔަ ކަންކަމެވެ.


މިކަންތަކަކީ އުޑުގައި ހިނގާނެ ކަންކަމުގެ ނަމޫނާއެކެވެ. ބިންމަތީގައި ހުންނަ ތަކެތި މާތް ކުރެވިގެންދަނީ މިފަދަ ޤުރުބާނީތަކުންނެވެ. އެކަމަކު އުޑުގައި ހިނގާ ޙަޤީޤީ ކަންތަކުގައި ތަކެތި މާތްކުރެވިގެން ދާނީ މިއަށް ވުރެން މާފުރިހަމަ ޤުރުބާނީއަކުންނެވެ.


އެ ފެނުގެ ތޫފާނުގައި ވީ ފެނަކީ މިއަދު ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދީފައިވާ ތައުބާގެ ހިނެވުމާއި މެދުގައި ވީ ސިފަކުރުމެކެވެ. ނަމަވެސް ތައުބާގެ ހިނެވުމަކީ ތިޔަބައިމީހުންގެ ހަށިގަނޑު ދޮވެލުމަށް ވުރެން މާ މަތިވެރިކަމެކެވެ. މީގެ މާނައަކީ ޟަމީރުގެ ސާފުކަމާއިއެކު މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަވުމެވެ. ސަބަބަކީ އީސާ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގަތުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ