Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 3:23 - ކިތާބުލް މުޤައްދަސާ

23-24 ޔަޙުޔާގެފާނު ޖަލަށް ލެވުމުގެ ކުރީގައި އެކަލޭގެފާނު ޝާލެމްގެ ކައިރީގައިވާ އައިނޯނުގައި މީސްތަކުން ހިނަވަމުން ގެންދެވިއެވެ. އެއީ އެތާނގެ ކޯރުގެ ފެންގަނޑު ބޮޑުވެފައި އަދި އެތައް ބައިވަރު މީސްތަކުންނެއް އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އަންނަމުން ދިޔައީތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 3:23
13 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނު ސަލާމަތްކަމާއެކު މެސޮޕޮޓޭމިއާއިން ދަތުރު ކުރައްވައި ކަންޢާނަށް ވަޑައިގެންނެވިއެވެ. އަދި ކަންޢާނުގެ ރަށެއް ކަމުގައިވާ ޝަކީމްގެ ރަށްބޭރުގައި އެކަލޭގެފާނު ފޭލިގެތައް ޖެއްސެވިއެވެ.


ޔަޙުޔާގެފާނުގެ އަރިހަށް ތައުބާގެ ހިނައިގަތުމުން ހިނައިގަތުމަށްޓަކައި އެތައްބައިވަރު މީސްތަކުންނެއް އައެވެ. އެމީހުންނަށް ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”⁠އޭ ހަރުފައިގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ކަލޭމެން ހީކުރަންތަ؟


މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖުދެއާގެ ބައިމަދު ހިސާބުގަނޑަކަށް ވަޑައިގެންނެވިއެވެ. އަދި އެތާނގައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވުމަށް ދުވަސްކޮޅަކު މަޑުކުރެއްވިއެވެ.


ވިރުވާފަ އޮފްއަރުވާފައިވާ ރަތުލޮއި ފަދައިން އެމީހެއްގެ ފައިތިލަ ވިދާ ބަބުޅައެވެ. އަދި އެމީހެއްގެ އަޑުގައި ވަނީ ގަދަފަދަ ކޮޅިގަނޑެއްގެ ވިއްސާރައިގެ އަޑުފަދަ އަޑެކެވެ.


އަދި ރާޅުބިންދާ އަޑު ފަދަ އަޑެއް ނުވަތަ ހޮނު ގުގުރީގެ އަޑުފަދަ ގަދަ އަޑެއް ސުވަރުގެއިން އަހަރެންނަށް އިވުނެވެ. ގިނަ ބަޔަކު އެކުވެގެން ހާޕުން ކުޅެމުން ދާ މިޔުޒިކު ފަދަ އަޑެއް ފަދައިން އެ އަޑު ވިއެވެ.


އެއަށް ފަހު، ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ހަޅޭއްލަވާ ފަދައިން ނުވަތަ އޮހިގެންދާ ފެންއާރަކުން ފެން އޮހޮރޭފަދަ އަޑަކުން، ނޫނީ ގުގުރީގެ އަޑުފަދަ އަޑަކުން މިފަދައިން ބުނަމުން ގެންދިޔަ އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި! އެކަލާނގެއީ އަހަރެމެންގެ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ ރަސްކަން ކުރައްވާ މަތިވެރި ރަސްގެފާނު!


ދެން އެމީހުން ގޮސް އަފްރާއީމްގެ ފަރުބަދަމަތީ އަވަށްތައް ކަމުގައިވާ ޝަލީޝާއާއި ޝާލިމުއާއި އަދި ބަންޔާމީންގެ ސަރަހައްދު އެމީހުން ބެއްޔެވެ. މިއިން ތަނަކުން އެ ހިމާރުތަކެއް ނުފެނުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ