Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 3:20 - ކިތާބުލް މުޤައްދަސާ

20 ނުބައި އަމަލުތައް ކުރާ ކޮންމެ މީހަކު ވެސް އަލިކަމަށް ނަފްރަތުކުރޭ. އަދި އެމީހުން އަލިކަމާ ދުރަށް ދާން މަސައްކަތް ކުރޭ. އެއީ އަލިކަމުގެ ސަބަބުން އެމީހުންގެ ނުބައި ފާފަވެރި އަމަލުތައް ހާމަވެ ފެންނާނެތީ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 3:20
18 ပူးပေါင်းရင်းမြစ်များ  

ދެން ތާމާރު ކޭކު ތަވައިން ނަގައި އަމްނޫނަށް ކާން ހަދައި ދިނެވެ. އެކަމަކު އަމްނޫނެއް ނުކެއެވެ. އަމްނޫން އޭނާގެ ޚާދިމުންނަށް އަމުރު ކުރިއެވެ. ”⁠ކަލޭމެން ބޭރަށްދޭ.⁠“ އެހެންވެ އެމީހުން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.


ކަލޭމެންނަކަށް އެކައްޗެއް ވެސް ނުވިސްނެއެވެ. އެހެނީ ކަލޭމެން ތިޔަ ތިބެނީ މާތްރަސްކަލާނގެ ކިބަފުޅަށް ކުޑަވެސް ބިރެއް ނެތިއެވެ.


ޖެއްސުން ކުރާ މީހުން ތަރުބިއްޔަތު ވާކަށް ބޭނުމެއް ނުވެއެވެ. ބުއްދިވެރިންގެ ނަސޭހަތް އަހާކަށް އެމީހުން ބޭނުމެއް ނުވެއެވެ.


ލޯކުނާކޮށް އިޝާރާތް ކުރާ މީހުންގެ ނުބައި ނިޔަތެއް އޮވެއެވެ. މިޔަކަނުން ހިނިތުން ވަނީ ނުބައި ރޭވުމަކާ އެކުއެވެ.


އެމީހުންނަކީ ހެޔޮކަންތަކާއި ތެދުމަގުން އެއްކިބާވެ އަނދިރިކަމުގެ ތެރޭގައި އުޅެމުން ދާ މީހުންނެވެ.


ހެޔޮލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ފަތިހުގެ އަލިކަން ފާޅުވީއްސުރެން މެންދުރާ ހަމަޔަށް އަލިގަދަ ވަމުން ދާ ގޮތުގެ މިސާލެވެ.


އޭރުން ކަލޯ ބުނާނެއެވެ. ”⁠ތަރުބިއްޔަތަށް ނަފްރަތު ނުކުރެވުނު ނަމައެވެ. ދެވުނު އިސްލާހު ބަލައިގަނެވުނު ނަމައެވެ.


އެތާ އިން ދީނުގެ ދަންނަބޭކަލަކު ބުންޏެވެ. ”⁠އެދުރު ކަލޭގެފާނު. ކަލޭގެފާނު ތިޔަކަހަލަ އެއްޗެތި ވިދާޅުވީމާ އަޅުގަނޑުމެންނަށް ވެސް ބަދުނާމު ނަން ލިބޭ.⁠“


ނަމަވެސް ހެޔޮ އަމަލުތައް ކުރާ މީހުން އުފަލާއި އެކު އަލިކަމާ ދިމާލަށް އާދޭ. އެއީ އެމީހުން އެ އަލިކަމާ ދިމާލަށް އަންނަނީ މާތްރަސްކަލާނގެއަށް ކިޔަމަންތެރިކަމާއެކު ކަން އެހެން މީހުންނަށް އެނގި ފާޅުވުމަށްޓަކައި.⁠“


ދުނިޔޭގެ މީސްތަކުންނަކަށް ކަލޭމެން ދެކެ ނަފުރަތެއް ނުވެވޭނެ. ނަމަވެސް އެމީހުން އަހަރެން ދެކެ ރުޅިއައިސް އަހަރެންނަށް ނަފްރަތުކުރޭ. އެއީ އެމީހުން ކުރާ ނުބައިކަންތައް އެމީހުންނަށް ދައްކައި ހާމަކޮށްދޭތީ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ