Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 3:2 - ކިތާބުލް މުޤައްދަސާ

2 އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 3:2
30 ပူးပေါင်းရင်းမြစ်များ  

އެބައިމީހުން އެމީހުންގެ ބައެއް ބައިވެރިންނާއި އަދި ހެރޮދު ރަސްގެފާނަށް ތާއީދުކުރާ މީހުންގެ ތެރެއިން ބަޔަކު އީސާގެފާނުގެ އަރިހަށް ފޮނުއްވައި ސުވާލު ކުރެއްވިއެވެ. ”⁠އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް.


މީސްތަކުން އެބައިމީހުންނާއި ސަލާމްކުރުމަށާއި ބާޒާރުމަތީގައި އެބައިމީހުންނަށް މިސްތަކުން ގަދަރުކުރުމަށް އެބައިމީހުން ލޯބިކުރާނެ. އަދިހަމައެހެންމެ، މީސްތަކުން އެބައިމީހުންނަށް ’⁠އެދުރުކަލޭގެ⁠‘ ނަމުން މުޚާތަބު ކުރުމަކީ ވެސް އެބައިމީހުން ނުހަނު ލޯބިކުރާ ކަމެއް.


އެހެނަސް ތިޔަބައިމީހުން ’⁠އެދުރުކަލޭގެ⁠‘ ނަމުން އިތުރު ބަޔަކަށް މުޚާތަބު ކޮށްގެންނުވާނެ. ސަބަބަކީ ތިޔަބައިމީހުންނަށް ލިބިގެން ވަނީ އެންމެ އެދުރެއް. އަދި ތިޔަބައިމީހުންނަކީ އެކުގައިވާ އަޚުންނާއި އުޚުތުން.


އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ކުރިއެވެ. ”⁠އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް. މިހެން ކަމުގައިވާނަމަ ރޯމު ސަރުކާރަށް ޓެކްސް ދެއްކުމަކީ އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާ ޚިލާފު ކަމެއްތަ؟ އަޅުގަނޑުމެން އެފަދައިން ޓެކްސް ދައްކަން ޖެހޭނެތަ؟ ނޫނީ ނުޖެހޭނެތަ؟⁠“


އީސާގެފާނު ފަހަތްޕުޅަށް ބެއްލެވި ހިނދު އެމީހުން އަންނަތަން ފެނިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކޯންޗެއް؟⁠“ އެމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނު ހުންނަވަނީ ކޮންތާނކު؟⁠“


ކަލޭމެން އަހަރެން ގަބޫލު ނުކުރި ނަމަވެސް، އެކަލާނގެ އެންގެވި ފަދައިން އަހަރެން ކަންތައް ކުރަނީނަމަ، އަހަރެން މިކުރާ ކަންތައްތައް ދެކި އީމާންވޭ. އޭރުން ކަލޭމެންނަށް ވެސް އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައި ކަން އަބަދަށްޓަކައި އެނގިގެންދާނެ.⁠“


އީސާގެފާނު ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެތައް ބަޔަކުމެ ދުއްޓެވެ. ނަމަވެސް އެމީހުން އެކަލޭގެފާނަށް އީމާންވުމަށް އިންކާރުކޮށް ދެކޮޅު ހެދިއެވެ.


ފިލިޕު، ކަލޭ ގަބޫލެއް ނުކުރަންތަ އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން، އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައިކަން؟ އަހަރެން މިކުރާ ކަންތައްތަކާއި ބުނާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކާއި ކަންތަކެއް ނޫން. މިއީ އަހަރެންގެ ކިބައިގައިވާ ބައްޕާފުޅު އަހަރެން މެދުވެރިކުރައްވައި ދައްކަވާ ކަންތައްތަކާ އަންގަވާ އެކަލާނގެ ބަސްފުޅުތައް.


މި ދުނިޔޭގައި އެކަކަށް ވެސް ދެއްކިފައިނުވާވަރުގެ މާނަ ފުން މުޢުޖިޒާތްތަކެއް އަހަރެން ދައްކާފައި ނުވާނަމަ އެމީހުން ކުށްވެރިއެއް ނުކުރެވުނީސް. ނަމަވެސް އަހަރެން ކޮށްދިން ހުރިހާ ކަމެއް ދުށުމަށް ފަހު ވެސް އެމީހުން އަހަރެންނާއި އަދި އަހަރެންގެ ބައްޕާފުޅަށް ވެސް ނަފްރަތުކޮށް ރުޅިއާދޭ.


މިކަން ހިނގީ ގަލީލީގެ ޤާނާގައެވެ. އީސާގެފާނު ދެއްކެވި އެންމެފުރަތަމަ މާނަފުން މުޢުޖިޒާތަކީ މިއީއެވެ. އެތާނގައި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުކަން ދެއްކެވިއެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް އީމާންވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މަރިޔަމް!⁠“ އޭނާ އެކަލޭގެފާނާއި ދިމާއަށް އެނބުރި ޢިބްރާނީ ބަހުން ގޮވާލިއެވެ. ”⁠ރައްބޫނި!⁠“ މިބަހުގެ މާނައަކީ އެދުރުކަލޭގެފާނު އެވެ.


ދެން ޔަޙުޔާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. އުރުދުން ކޯރުގެ އަނެއްފަރާތުގައި ކަލޭގެފާނާއި ބައްދަލުވި، އަދި އެމީހަކާއި މެދު ކަލޭގެފާނު ވަރަށް ގިނަ ވާހަކަތައް ދެއްކެވި ކަލޭގެފާނު ވެސް މީސްތަކުން ހިނަވަމުން އެބަގެންދަވާ. އަދި މީސްތަކުން އަޅުގަނޑުމެންގެ ގާތަށް އައުމުގެ ބަދަލުގައި އެދަނީ އެކަލޭގެފާނުގެ އަރިހަށް.⁠“


އެވަގުތު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނު ގާތު ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، ކޮންމެވެސް އެއްޗެއް ފަރީއްކުޅުއްވަން ވީ ނޫންތޯ؟⁠“


ނަމަވެސް ޔަޙުޔާގެފާނު ވިދާޅުވި ބަސްފުޅުތަކަށް ވުރެވެސް މާ މުހިންމު ހެއްކެއް އަހަރެންގެ ފަރާތުގައިވޭ. އެއީ އަހަރެން ދަސްކޮށްދެމުން މިދާ ކަންތަކާއި ދައްކަމުން މި ގެންދާ މުޢުޖިޒާތްތައް. އަދި އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ކުރުމަށް އެންގެވި ކަންތައްތައް އަހަރެން ކޮށް ނިންމުން. މިކަންތައްތަކުގެ ސަބަބުން އަހަރެން ފޮނުއްވީ ބައްޕާފުޅުކަން ސާބިތު ކޮށްދޭ.


ވަރަށްގިނަ ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެއީ އެކަލޭގެފާނު ތަފާތު ބަލިތައް ޖެހިފައިވާ މީހުން ރަނގަޅުކުރައްވާ ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެމީހުންނަށް ފެނިފައިވީތީއެވެ.


މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް އެތައް ބަޔަކު އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ. އެމީހުން ބުންޏެވެ. ”⁠އަލްމަސީޙު ވަޑައިގަތަސް މިކަލޭގެފާނު މިދެއްކެވި ވަރަށް ވުރެން ވަކިން ބޮޑު މުޢުޖިޒާތްތަކެއް ދެއްކި ދާނެބާ؟!⁠“


އެތާނގައި ތިބި ބައެއް ފަރީސީން ބުންޏެވެ. ”⁠މި އީސާ އަކީ މާތްރަސްކަލާނގެ ފޮނުއްވި މީހެއް ނަމަ އޭނާ ސަބަތުގެ ދުވަހަށް ކަމޭހިތީހެއް ނު؟⁠“ ނަމަވެސް އޭގެ ތެރޭން އަނެއްބަޔަކު ބުންޏެވެ. ”⁠އެކަމަކު ފާފަވެރި ދޮގުވެރިއަކަށް މިފަދަ މަތިވެރި މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“ މިހެން ކަމުން އެމީހުންގެ ދެމެދުގައި މިކަމާދޭތެރޭ ދެބަސްވުން އުފެދުނެވެ.


މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން އަދި ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ.


އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.


އަދި މިސަބަބަށްޓަކައި އަހަރެން ހައްޔަރު ކުރުމުން މިތަނުގައި ތިބި ގިނަ މަސީޙީންނަށް އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް ބިރެއްނެތި އަންގައި ދިނުމުގެ ހިތްވަރު އިތުރުވެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ