Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 3:18 - ކިތާބުލް މުޤައްދަސާ

18 މާތްރަސްކަލާނގެ ދަރިކަލުންނަށް އީމާންވާ މީހާއަށް ސަޒާގެ ހުކުމެއް ނާންނާނެ. ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންނުވި މީސްތަކުން މީހާރު ވެސް ވަނީ ކުށްވެރިވެ ޙުކުމް ކުރެވިފަ. އެއީ މާތްރަސްކަލާނގެ ހަމައެކަނި ދަރިކަލުން ގަބޫލުކޮށް އެމީހުން އީމާން ނުވީތީ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 3:18
19 ပူးပေါင်းရင်းမြစ်များ  

މިކަންތައްތަކާއިމެދުގައި އީމާންވެ ތައުބާގެ ހިނެވުމުން ހިނެވިގެންވީ ފަރާތްތަކަށް ދިންނެވުން ލިބިދޭނެ. އަދި މިކަންތައްތައް ގަބޫލު ނުކުރާ ފަރާތްތައް ކުށްވެރިވެގެން ދާނެއެވެ.


ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންވި މީހުންނަށް މާތްރަސްކަލާނގެ ދަރިން ކަމުގައި ވުމުގެ ޙައްޤު އެކަލޭގެފާނު ދެއްވިއެވެ.


އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.


ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.


މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.


އަދި ދަރިކަލުންގެ ބަސްފުޅުތައް އަހައި އެކަލޭގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފައި. އަދި އެ ދަރިކަލުން ގަބޫލު ނުކޮށް އެކަލޭގެފާނަށް ކިޔަމަން ނުވި މީހަކަށް ނިމުންނުވާ ޙަޔާތެއް ނުލިބޭނެ. އެމީހަކަށް ވަނީ މާތްރަސްކަލާނގެ ކޯފާ ލެއްވިފައި.⁠“


ހަމަ ތެދެއް، އަހަރެންގެ ބަސްތައް ގަބޫލުކޮށް އަދި އަހަރެން ފޮނުއްވި ފަރާތް ގަބޫލު ކުރާ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފާ. އެމީހުން ކުށްވެރިކޮށް އެމީހުންނާ ދޭތެރޭ ހިސާބެއް ނުބެލެވޭނެ. އެއީ އެމީހުން މިހާރު ވެސް ވަނީ މަރުވުމުން ބޭރުވެ ދާއިމީ ޙަޔާތަކަށް ވާސިލުވެފައި.


އަހަރެންގެ ބައްޕާފުޅުގެ އެދިވޮޑިގަތުމަކީ ދަރިކަލުން ދެކެ، ގަބޫލުކޮށް އީމާންވީ ކޮންމެ މީހަކަށް ނިމުންނުވާ ޙަޔާތް ދެއްވުން. އަދި އެންމެ ފަހު ދުވަހު އަހަރެން އެމީހުން އަލުން ދިރުއްވާނަން.⁠“


އަހަރެން ޔަޤީން ކަމާއި އެކު ކަލޭމެންނަށް ބުނަން. އަހަރެން ގަބޫލުކޮށް އީމާންވެއްޖެ ކޮންމެ މީހަކީ މިހާރު ވެސް ނިމުންނުވާ ޙަޔާތް ލިބިފައިވާ މީހެއް.


ކަލޭމެންނާ ވާހަކަދެކެވޭ ފަރާތަކާ ދެކޮޅު ނުހަދާށެވެ. އިސްރާއީލީން ވެސް މޫސާގެފާނު ކުރެއްވި އިންޒާރަށް ފުރަގަސް ދިނުމުން އެމީހުން ސަލާމަތެއް ނުވިއެވެ. އެއީ ބިންމަތީގައި ހުންނެވި ބޭކަލެކެވެ. އަހަރެމެންނާ އުޑުން ވާހަކަދައްކަވާ ފަރާތަށް އަހަރެމެން ފުރަގަސް ދީފިނަމަ އަމުދުން އަހަރެމެން ސަލާމަތެއް ނުވާނެ ނޫންހެއްޔެވެ؟


މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.


އެ ގޮތަށް ކަންތައް ކުރި މީހުންނަށް އެކަލާނގެ އަރާމުގެ މަންޒިލް ނުލިބުނީ އެމީހުންގެ ކިބައިގައި އީމާންތެރިކަން ނެތީމައެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ އީސާ އަލްމަސީޙަކީ އެކަލާނގެ ދަރިކަލުން ކަމަށް އަހަރެމެން އީމާން ވުމަށެވެ. އަދި އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތިކޮށް ހިތުމަށެވެ. މިއީ މާތްރަސްކަލާނގެ އަހަރެމެންނަށް އަމުރުފުޅު ކުރައްވާފައިވާ ކަންތަކެވެ.


އަހަރެމެންނާއި މެދު މާތްރަސްކަލާނގެ ލޯބިވެވޮޑިގަންނަވާކަން ދައްކުވައިދެއްވީ އެކަލާނގެ ދަރިކަލުން މިދުނިޔެއަށް ފޮނުއްވައި އަދި އެކަލޭގެފާނު މެދުވެރި ކުރައްވައި އަހަރެމެންނަށް ދެއްވި ނިމުމެއްނުވާ ޙަޔާތުންނެވެ.


އެހެންކަމުން އެ ހެކިބަސް ވަނީ މާތްކަލާނގެ ދަރިކަލުން ގަބޫލު ކުރާ މީހުންގެ ހިތުގައި ބިންވަޅު ނެގިފައެވެ. އެކަމަކު މާތްކަލާނގެ ގަބޫލު ނުކުރާ މީހުން އެކަލާނގެ ބަސްފުޅު ދޮގު ކުރެއެވެ. އެހެނީ އެމީހުން އެކަލާނގެ ދަރިކަލުންނާ މެދު ވަޙީކުރެއްވި ބަސްފުޅު ގަބޫލެއް ނުކުރެއެވެ.


އެ ދަރިކަލުން ލިބިގެންފި ކޮންމެ މީހަކަށް މި ދިރިހުރުން ލިބޭނެއެވެ. އެ ދަރިކަލުން ލިބިނުގަންނަ މީހަކަށް ނިމުމެއްނުވާ ޙަޔާތެއް ނުލިބޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ