Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 3:12 - ކިތާބުލް މުޤައްދަސާ

12 އަހަރެން މި ދުނިޔޭގައި ހިނގާ ކަންތައްތަކުގެ ވާހަކަ ދެއްކުމުން ވެސް ކަލޭމެން އަހަރެން ދެއްކި ވާހަކަތަކެއް ގަބޫލެއް ނުކުރި. ވީއިރު އަހަރެން ކަލޭމެންނަށް ސުވަރުގޭގައި ހިނގާ ކަންތަކުގެ ވާހަކަ ކިޔާދިނަސް އެވާހަކަތައް ކަލޭމެންނަށް ގަބޫލުކުރެވޭނީ ކިހިނެއް؟

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 3:12
13 ပူးပေါင်းရင်းမြစ်များ  

ހަމަ ތެދެއް، އަހަރެމެން މި ދައްކަނީ އަހަރެމެން އަހާ ދެކެފައިވާ ކަންތައްތަކުގެ ވާހަކަ. އެހެންނަމަވެސް ކަލޭމެން އަހަރެމެންގެ ވާހަކަތައް ގަބޫލެއް ނުކުރޭ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، އަލުން އުފަންނުވާ އެއްވެސް މީހަކަށް މާތްރަސްކަލާނގެ ރަސްކަންފުޅު ހާސިލެއް ނުކުރެވޭނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ނަމަވެސް މީހަކު ފެނާއި ރޫޙުން އުފަންނުވާ ހާ ހިނދަކު އެމީހަކު މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހަމަ ޔަޤީނުން ވެސް ނުހިމެނޭނެ.


ވައިޖެހެނީ އެޖެހޭނެ ދިމާލަކުން. އެވައި ޖެހެމުން ދާ އަޑު އިވޭ. އެކަމަކު އެ އަންނަނީ ކޮންތާނކުން ކަމެއް، ނުވަތަ އެދަނީ ކޮންތާނކަށް ކަމެއް، އެކަކަށް ވެސް ނޭނގޭ. ހަމަ އެފަދައިން މީހަކު މާތްރޫޙުން އުފަންވަނީ ކިހިނެއް ކަމީ ވެސް އެއީ އޮޅުންފިލުވާދީ ބުނެދެވޭފަދަ ކަމެއް ނޫން.⁠“


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


މިކަމާ ބެހޭގޮތުން ދައްކާނެ ވަރަށް ގިނަ ވާހަކަތައް އެބަހުއްޓެވެ. އެހެންނަމަވެސް ކަލޭމެންނަށް މިކަންތައް އޮޅުންފިލުވައި ދިނުމަކީ އުނދަގޫ ކަމެކެވެ. އެއީ ކަލޭމެންގެ ފަހުމުވުން ކޮށިކަމުންނެވެ.


ޙަޤީޤީ ލޯތްބަކީ މިއީއެވެ. ފަހަރެއްގައި ވެސް އަހަރެމެން މާތްކަލާނގެ އާއިމެދުގައި ލޮބުވެތިކަމާއެކުގައި ވާތީއެއް ނޫނެވެ. އެއީ އެކަލާނގެ އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. އަދި މާތްކަލާނގެ އެކަލާނގެ ދަރިކަލުން މިދުނިޔެއަށް ފޮނުއްވައި އެ ކަލޭގެފާނު ޤުރުބާންވެ ވަޑައިގެންނެވުމުގެ ސަބަބުން އަހަރެމެންގެ ފާފަތައް ވަނީ އަފޫކޮށްދެއްވާފައި އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ