ޔޫޙަންނާ 3:11 - ކިތާބުލް މުޤައްދަސާ11 ހަމަ ތެދެއް، އަހަރެމެން މި ދައްކަނީ އަހަރެމެން އަހާ ދެކެފައިވާ ކަންތައްތަކުގެ ވާހަކަ. އެހެންނަމަވެސް ކަލޭމެން އަހަރެމެންގެ ވާހަކަތައް ގަބޫލެއް ނުކުރޭ. အခန်းကိုကြည့်ပါ။ |
”ޖެރޫސަލަމުގެ އަހުލުވެރިންނޭ! ކަލޭމެން ވަނީ މާތް ރަސްކަލާނގެ ފޮނުއްވި ނަބީންތައް މަރާލާފައި. އަދި ރަސޫލުންތައް ރަޖަމުކޮށްފައި. ކުކުޅެއް އޭގެ ފިޔޮށްތައް ފިޔަގަނޑުގެ ދަށަށްލާ ރައްކާތެރިކަން ދޭ ފަދައިން ކަލޭމެން އެއްކޮށް ކަލޭމެންނަށް ޙިމާޔަތްތެރިކަން ދިނުމަށް އަހަރެން އުޅެފިން. ނަމަވެސް މިހާތަނަށް އެ ފުރުސަތު ކަލޭމެން ވަނީ އަހަރެންނަށް ނުދީފަ.
ދެން އީސާގެފާނު އެތަނުގައި ތިބި މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވި. ”އަހަރެންގެ ބައްޕަ ވަނީ ހުރިހާ ކަމެއް އަހަރެންގެ މައްޗަށް ދޫކޮށްލައްވާފަ. ދަރިފުޅަކީ ކާކު ކަމެއް ބައްޕާފުޅަށް ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ. ދަރިފުޅަށް ފިޔަވާ އެހެން މީހަކަށް ބައްޕައަކީ ކާކު ކަމެއް ވެސް ނޭނގޭނެ. ބައްޕަފުޅަކީ ކާކުކަން އެނގޭނީ ހަމައެކަނި ދަރިފުޅު އެކަން އަންގައިދިނުމަށް ކަނޑައަޅާ ބަޔަކަށް.“
އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.