Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 21:9 - ކިތާބުލް މުޤައްދަސާ

9 އެމީހުން ގޮނޑުދޮށަށް ފޭބިތަނުން ދެލި އަންދައިގެން އަލިފާން ރޯކުރެވި މަސް ފިހެވެމުން ދިޔަތަން އެމީހުންނަށް ފެނުނެވެ. އަދި އެތަނުގައި ބޯ ރޮށިތައް ވެސް ހުއްޓެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 21:9
10 ပူးပေါင်းရင်းမြစ်များ  

ދެން އިބިލީސް އެކަލޭގެފާނު ދޫކޮށް ހިނގައްޖެއެވެ. އަދި މަލާއިކަތުން ވަޑައިގެން އެކަލޭގެފާނަށް އެހީތެރިވެދެއްވިއެވެ.


މީގެ ތެރެއިން ބައެއް މީހުންނީ މި ހިސާބާއި ވަރަށް ދުރުގައި ދިރިއުޅޭ ބައެއް. އެބައިމީހުން ބަނޑުހައި ވެގެންވާ ޙާލުގައި އަހަރެން އެމީހުން ފޮނުވާލައިފިނަމަ އެބައިމީހުންގެ ދަތުރުމަތީގައި ހޭނެތިގެން ވެއްޓިދާނެ.⁠“


އޭރު ފިނިގަދަކަމުން ހީކަރުވާތީ ސިފައިންނާއި ގޭގެ ނޯކަރުން އަނގުރު އަލިފާންގަނޑެއް ރޯކުރިއެވެ. އެމީހުން ތިބީ އެއަލިފާންގަނޑުގެ ވަށައިގެން ހޫނު ކުރާށެވެ. އެވަގުތު ޕަތަރަސް ވެސް ގޮސް އެއަލިފާންގަނޑުގެ ކައިރިއަށް ހުއްޓުނެވެ.


ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހިފި ތަނުން މަސް ކޮޅެއް ވެސް ގެނޭ.⁠“


އެހެންވެ އީސާގެފާނު ވަޑައިގެން ބޯ ރޮށި ނަންގަވައި އެމީހުންނަށް ދެއްވިއެވެ. އެ ގޮތަށް މަސް ނަންގަވައި ވެސް ކަންތައް ކުރެއްވިއެވެ.


އޭރު ދޯނި އޮތީ ގޮނޑުދޮށާ ގާތްގަނޑަކަށް ދުއިސައްތަ ގަޒު ދުރުމިނުގައެވެ. އޭގައި ތިބި އަސްޙާބީން މަސްތަކުން ފުރިފައި އޮތް ދާ ދަމަމުން ދޯނި ގޮނޑުދޮށަށް ކައިރި ކޮށްފިއެވެ.


ދެން އީސާގެފާނު އެފަސް ރޮށި ނަންގަވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ދުޢާ ކުރައްވައި އެ އެތާނގައި ތިބި އެންމެންނަށް އެ ބައްސަވާ ލެއްވިއެވެ. އަދި މަސްތައް ނަންގަވައި ހަމަ އެފަދައިން ކަންތައް ކުރެއްވިއެވެ. ދެން އެ އެންމެން ކާނެވަރަކަށް ކައިފި އެވެ.


”⁠ބާރަލީ ފުށުގެ ބޯ ފަސް ރޮއްޓާއި ކުޑަ ދެ މަސް މިތާނ ހުރި ފިރިހެން ކުއްޖެއްގެ އަތުގައި އެބައޮތް. އެކަމަކު އެއިން މި އެންމެންނަށް ކާންދޭނީ ކިހިނެއް؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ